ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 13:13
އެމްޓީސީސީގެ މާބޮޑަށްވެސް އަގުހެޔޮވެއްޖެ ކެންޕެއިން ފަށެމުގެ ތެރެއިން
އެމްޓީސީސީގެ މާބޮޑަށްވެސް އަގުހެޔޮވެއްޖެ ކެންޕެއިން ފަށެމުގެ ތެރެއިން
އެމްޓީސީސީ
މާބޮޑަށްވެސް އަގުހެޔޮވެއްޖެ ކެންޕެއިން
އެމްޓީސީސީގެ މާބޮޑަށްވެސް އަގުހެޔޮވެއްޖެ ކެމްޕެއިން ފަށައިފި
 
މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ
 
އިންޖީނުން ތަކުން ވެސް ހަތްލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިނުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ސަރުކާރުން މެރިން އިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން މި ކުންފުނިން ވިއްކާ ބައެއް ތަކެއްޗަށް ހެޔޮބަދަލު ގެނައުމުގެ ގޮތުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ބަދަލުގެ ދަށުން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެންދާނެއެވެ. އަދި ޔަންމާ އިންބޯޑް އިންޖީނުން ތަކުން ވެސް ހަތްލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެއެވެ.

މީގެ އިތުރުން މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މިކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓްއަށް ނަންގަވާއިރު ޑައުން ޕޭމަންޓް ވަނީ ކުޑަ ކޮށްފައެވެ.

އެގޮތުން ސުޒުކީ އިންޖީނު ބަލައިގަންނަވާ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 އިންސައްތައިން 20 އިންސައްތައަށް ދަށްކުރެވިފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭނެއެވެ. އަދި ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 އިންސައްތައިން 20 އިންސައްތައަށް ދަށްކުރެވިފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވޭނެއެވެ.

މިކެމްޕެއިން އިފްތިތާހްކުރުމުގެ ތެރެއިން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މި ކެމްޕެއިންގެ ދަށުން ޔަންމާ އަދި ސުޒުކީ އިންޖީންތަކުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިންގެ އަގުތަކަށް ގެނެވިފައިވާ ބަދަލުގެ ތަފްސީލްތައް އެމްޓީސީސީ ކަށަވަރު ޝޯވރޫމަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ލިބޭނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
50%
0%
50%
ކޮމެންޓް
29 ސެޕްޓެންބަރ 2020 | އަންގާރަ 04:32
1828
އެމްޓީސީސީއަށްވެސް ނުކެރޭނެ އަގު ޖަހާކަށް. މިސާލަކަށް 25 ހޯސްޕަވަރުގެ ސުޒުކީ އައުޓް ބޯޑެއްގެ އަގަކީ 100000ރ. މިގޮތަށް ނުކެރޭނެ އަގުޖަހާކަށް. އަދި ނޫސްތަކަށް ނުކެރޭނެ އަގުތަށް ގެނެސްދޭކަށްވެސް.
ގުޅުންހުރި