ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 16:49
ކޮވިޑް-19 ޖެހުނު މީހުން އަދަދު 33 މިލިއަނަށް ވުރެ މައްޗަށް އަރައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް ވަނީ އަރާފައެ
ކޮވިޑް-19 ޖެހުނު މީހުން އަދަދު 33 މިލިއަނަށް ވުރެ މައްޗަށް އަރައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް ވަނީ އަރާފައެ
އޭޕީ
ދުނިޔޭގެ ކޮވިޑް-19 ގެ ހާލަތު
ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް
 
މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 7,683,827 މީހުން
 
ދުނިޔެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 33,342,965
 
މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,002,985 އަށް އަރާފައި

މުޅި ދުނިޔެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,002,985 (އެއް މިލިއަން ދެ ހާސް ނުވަ ސަތޭކަ އަށްޑިހަ ފަހަކަށް) އަރާފައެވެ.

އެގޮތުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ގައުމަކަށް އެމެރިކާ ވާއިރު، އެގައުމުން މިހާތަނަށް 209,454 (ދެ ލައްކަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސާސް ހަަތަރު) މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އަދި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ގެ ސަބަބުން މީހުން މަރުވެފައިވާ ގައުމަކަށް ބްރެޒިލް ވާއިރު، އެގައުމުން 141,776 (އެއް ލައްކަ ސާޅީސް އެއް ހާސް ހަތް ސަތޭކަ ހަތް ދިހަ ހަ) މީހުން ވަނީ މަރުވެފައެވެ.

މެކްސިކޯ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 76,430 (ހަތްދިހަ ހަ ހާސް ހަތަރު ސަތޭކަ ތިރީސް) މީހުން ވަނީ މަރުވެފައެވެ. އެގައުމުން މިހާތަނަށް 730,317 (ހަތް ލައްކަ ތިރީސް ހާސް ތިން ސަތޭކަ ސަތާރަ) މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 523,831 (ފަސް ލައްކަ ތޭވީސް ހާސް އަށް ސަތޭކަ ތިރީސް އެއް) މީހުންނެވެ.

އެމެރިކާއިން މިހާތަަނަށް 7,321,465 (ހަތް މިލިއަން ތިން ލައްކަ އެކާވީސް ހާސް ހަތަރު ސަތޭކަ ފަސްދޮޅަށް ފަސް) މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، އެގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން 4,560,742 (ހަތަރު މިލިއަން ފަސް ލައްކަ ފަސްދޮޅަސް ހާސް ހަތް ސަތޭކަ ސާޅީސް ދެ) މީހުން ބަލިން ރަނގަޅުވެ، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2,551,269 (ދެ މިލިއަން ފަސް ލައްކަ ފަންސާސް އެއް ހާސް ދުވިސައްތަ ފަސްދޮޅަސް ނުވަ) މީހުންނެވެ. އަދި އިންޑިއާ އިން 6,078,200 (ހަ މިލިއަން ހަތްދިހަ އަށް ހާސް ދުވިސައްތަ) މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ބަލިޖެހުނު 4,060,088 (ހަތަރު މިލިއަން ފަސްދޮޅަސް ހާސް އަށްޑިހަ އަށް) މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އިންޑިއާގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 530,445 (ފަސް ލައްކަ ތިރީސް ހާސް ހަތަރު ސަތޭކަ ސާޅީސް ފަސް) މީހުންނެވެ.

މުޅި ދުނިޔެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 33,342,965 (ތިރީސް ތިން މިލިއަން ތިން ލައްކަ ސާޅީސް ދެ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަހަކަށް) އަރާފައިވާ އިރު، ބަލި ޖެހުނު 24,656,153 (ސައުވީސް މިލިއަން ހަ ލައްކަ ފަންސާސް ހަ ހާސް އެއް ސަތޭކަ ފަންސާސް ތިން) މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 7,683,827 (ހަތް މިލިއަން ހަ ލައްކަ އަށްޑިހަ ތިން ހާސް އަށް ސަތޭކަ ހަތާވީސް) މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
50%
50%
0%
0%
ކޮމެންޓް