ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 13:32
ސޫކީއަށް އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު
ސޫކީއަށް އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު
ސީ.އެން.އެން
އަންގ ސަންގ ސޫކީ
ސޫކީގެ ނޮބެލް އިނާމުގެ އަގުވެއްޓިފައި
 
ސޫކީއަށް އަށްވަނީ އެކްޓިވިސްޓުންނާއި ނޮބެލް އިނާމް ލިބިވަޑައިގެންފައިވާ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފަ
 
ސޫކީއަށް އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު

ގާނޫނުގެ ދެލިގަނޑަށްބަލާއިރު މިޔަންމާގެ ރައީސްއަކީ ޓިން ކިޔޯ ނަމަވެސް ބުއްދީގެ ގޮތުން ބަލާއިރު އެގައުމުގެ ވެރިއަކީ އެ ގައުމުގެ ޑެމޮކްރަސީގެ ބާނީ އަންސަންގ ސޫކީއެވެ. އެކަމަނާ އަކީ އެގައުމުގެ ވެރިޔަކަށް ވެވަޑައިގަންނަވަނީ 2015ވަނަ އަހަރު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އެކަމަނާ ލީޑަރަކަށް ހުންނަވާ ނޭޝަނަލް ލީގް ފޮރ ޑެމޮކްރަސީއިން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި އެގަމުގެ ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމުގެ ބާރު އެ ޕާޓީއަށް ލިބިގެން ދިއުމުންނެވެ. ޕާޓީގެ ލީޑަރަކަށް ހުންނަވައި ގައުމުގެ މިސްރާބު ބައްޓަން ކުރެއްވި ނަމަވެސް ރައީސްކަމުގެ މަގާމުގެ ނަން އަދި އެ ހައިސިއްޔަތު ރަސްމީކޮށް ބޭނުން ކުރުމަށް އެ ކަމަނާއަށް އޮތް ހުރަހަކީ އަސްކަރިއްޔާގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކުން ސީދާ އެކަމަނާއަށް އަމާޒުކުރެވިގެން ގާނޫނު އަސާސީގައި ލިޔެވިފައިވާ މާއްދާއެކެވެ.

ބޭރު ގައުމެއްގެ ރައްޔިތަކާ ކައިވެނިކޮށްގެން ލިބިފައިވާ ކުދިން ތިބިނަމަ ނުވަތަ ބޭރުގެ މީހަކާ ކައިވެނިކޮށްގެން އުޅޭނަމަ އެގައުމުގެ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރުން މަނާކުރެއެވެ. މި ސަބަބާހެދި އެކަމަނާއަކީ އެގައުމުގެ ރައީސްކަމުގެ ލޭބްލް ނެތް ބޭފުޅެއް ނަމަވެސް އެކަމަނާއަށްޓަކައި ފަހުންވަނީ މަގާމެއް އުފައްދާފައެވެ.ރައީސްކަމުގެ މަގާމު އެކަމަނާގެ ކުރީގެ ކާރު ޑްރައިވަރު އަދި އެންމެ އަރިސް އެއް ބޭފުޅެއްކަމަށްވާ ޓިން ކިޔޯއަށް ދެއްވާފައިވާއިރު އެކަމަނާއަކީ އަލަށް އުފައްދާފައިވާ ސްޓޭޓް ކައުންސެލާގެ މަގާމު އަދާކުރައްވާ ފަރާތެވެ.

މި ހުރިހާ ސަބަބު ތަކާއެކު އެކަމަނާއަކީ ގައުމުގައި ހިނގާ ކަންކަން ކޮންޓްރޯލް ކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކެވެ.މިއަދު ސުވާލު އުފެދިފައިވަނީ ނަސްލު ނައްތާލުމުގެ ތަޅާފޮޅުމެއް އެކަމަނާގެ އަމިއްލަފުޅު ގައުމުގައި ހިނގިއިރު ހަނު ހުންނެވުމެވެ.2012  ވަނަ އަހަރު މިޔަންމާގެ ރަޚީން  ސްޓޭޓްގައި މުސްލިމުންނާދެކޮޅަށް ހިންގި ހަމަނުޖެހުންތަކާއި 2015 ވަނަ އަހަރު ކުރިމަތިވި ރޮހިންގޔާ ރެފިއުޖީ ކްރައިސިސް އަދި އެކަމަނާ ވެރިކަމަށް ވަޑައިގެންނެވިފަހުން 2016 ވަނަ އަހަރުގެ ފަހުކޮޅު މިޔަންމާގެ އަސްކަރިއްޔާއިން ރަޚީންސް ސްޓޭޓްގައި ހިންގި ލާއިންސާނީ އަދި ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ސޫކީގެ އެއްވެސް ބަހެއް އިވިގެން ނުދިއުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންގެ ފާޑުކިއުން އެކަމަނާއަށް އަމާޒުވި ސަބަބެވެ.1991 ވަނަ އަހަރު އެކަމަނާއަށް ނޮބެލް  އިނާމު ލިބިވަޑައިގެންނެވީ ހުއްޓުމެއްނެތި ޑެމޮކްރަސީއާއި އިންސާނީ ހައްގުތަކަށާއި ދީނީ އެކިއެކި ސެކްޓްތަކުގެ މެދުގައި އުފެދިފައި ޚިލާފުތައް ނައްތާލައްވައި ސުލްހަ ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ބާރުގަދަ ދުވަސްވަރެއްގައި ގޭ ބަންދާއި ޖަލު ބަންދުން ސަލާމަތްވެ ވަޑައި ނުގެންނެވި އުޅުއްވި ދުވަސްވަރު އެފަދަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު މިއަދު ބާރު ލިބިވަޑައިގެން ހުންނެވިއިރު ދީނީ ވަކި ފިކުރެއްގެ ބަޔަކާ ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލުތަކަކާދެކޮޅަށް އެކަމަނާ އެއްޗެއް ވިދާޅުނުވުން އަދި ފިޔަވަޅުތަކެއް ނޭޅުއްވުން ވެގެން ގޮސްފައިވަނީ މަލާމާތް ރައްދުވެފައިވާކަމަކަށެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓީވީ ޗެނަލް ކަމަށްވާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި، ރޮހިންގޔާ މުސްލިމުންނަށް އަނިޔާ ލިބެމުންދިއުން ކުށްވެރި ކުރައްވަން ދެކޮޅު ހެއްދެވުން ވެގެން ގޮސްފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ މޫނުމަތީ ޖެއްސި ވަރުގަދަ އެތިފަހަރަކަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް