ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ހދ.ނައިވާދޫގެ ސިއްޙީ މަރުކަޒު

ނައިވާދޫ ސިއްޙީ މަރުކަޒު ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި

  • މިރަށުގަެ އާބާދީގައި 450 މީހުން ދިރިއުޅޭ
  • ދޮރަށް ޖަހާފައިވާ ފިލާގަނޑު ނައްޓާލައި އަލުން ހިދުމަތް ދޭން ފަށައިފައިވޭ

ކ. މާލެ | 28 ސެޕްޓެންބަރ 2020 | ހޯމަ 12:51 | 16,007

ހދ.ނައިވާދޫ ސިއްޙީ މަރުކަޒު - ރާއްޖެއެމްވީ

ހދ. ނައިވާދޫ ސިއްޙީ މަރުކަޒު ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފިއެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ނައިވާދޫ ކައުންސިލްގެ ރައީސް އަހުމަދު ފާއިޒް ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި މިކަން ހިނގާދިޔައީ ރޭގެ ދަންވަރު ބާރައިގެ ކުރިން ކަމަށެ އެވެ. އަދި ސިއްޙީ މަރުކަޒުގައި ޑިއުޓީ އަދާކުރަމުންދިޔަ ވޮޗަރު ޑިއުޓީއަށް ދިޔައިރުވެސް ފިލާ ޖަހާ މަރުކަޒު ބަންދު ކޮށްފައިވާ ކަމަށް ވޮޗަރު ބުނެފައި ވާކަމަށް ފާއިޒު ވިދާޅުވިއެވެ.

ފާއިޒު އިތުރަށް ވިދާޅުވީ 4 ފޫޓް 8 ފޫޓްގެ ފްލައިވުޑް ފިލައެއްގައި ބޮޑު އަކުރުން "ކޮބާ ނައިވާދޫއަށް ދޭންބުނި އެމްބިއުލާންސް" މިހެން ޖަހާފައިވާކަމަށެވެ. ބޮޑަށް ލަފާކުރެވޭގޮތުގައި މިކަން މެދުވެރިވި ސަބަބަކީ ނައިވާދޫގައި އެމްބިއުލާންސްއެއް ނެތުމުންކަމަށެވެ.

އާބާދީގައި 450 ވަރަކަށް މީހުން ދިރިއުޅޭ ހދ. ނައިވާދޫގައި އެމްބިއުލާންސްއެއް ހަލާކުވެ ފައި އޮންނަތާ މިހާރު 7 ވަރަކަށް އަހަރު ވެފައިވާ ކަމަށް ފާއިޒް ވިދާޅުވިއެވެ. ނަމަވެސް 2019 އަހަރުގެ ޖުލައި މަހު ތެރޭގައި އެންބިއުލާންސް ޑްރައިވަރަކަށް ވަޒީފާ ދީފައިވާކަމަށެވެ.

ފާއިތުވި 7 އަހަރުތެރޭގައި ކަމެއް ދިމާވުމުން މީހުން އުފުލަނީ ގާޑިޔާ ނުވަތަ ފައްޖެހިއެދުގައި ކަމަށާއި ނަމަވެސް މިފަހަކަށް އައިސް މީހުން އުފުލަން ބޭނުންކޮށް އުޅެނީ ރަށު ޕިކަޕް ކަމަށެވެ.

ރަށުގައި އެމްބިއުލާންސް އެއް ނެތުމުން ދިމާވާ ދަތިތަށް އެތައް ފަހަރެއްގެ މަތިން ކުރީގެ ސަރުކާރާ މަޝްވަރާ ކުރެވިފައިވާނޭކަމަށް ފާއިޒް ވިދާޅުވިއެވެ. އަދި މި ސަރުކާރާ ވެސް މި އުނދަގޫތަށް ހިއްސާ ކޮށްފައި ވާނޭ ކަމަށާއި ނަމަވެސް އަދި އަލިމަގެއް ފެނިފައި ނުވާ ކަމަށް ފާއިޒު ވިދާޅުވިއެވެ.

ކަންމިހެން އޮތްނަމަވެސް ރާއްޖޭގެ އަތޮޅުތަކަށް ހާއްސަ ކޮށްގެން ޖަޕާނު ސަރުކާރުން 24 އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ނޭޝަނަލް އެމްބިއުލާންސް ސަރވިސް" ތައާރަފްކުރުމަށްޓަކައި ޖުމްހޫރީ މައިދާނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ އަމީން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވެފައިވާކަމަށެވެ. ނަމަވެސް އެމްބިއުލާންސް ނުހުންނަ ރަށްތަށް ވަރަށް ގިނައެވެ.

މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީއަށް ގުޅާލުމުން މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ސިއްޙީ މަރުކަޒުގެ ދޮރަށް ޖަހާފައިވާ ފިލާގަނޑު ނައްޓާލައި އަލުން ހިދުމަތް ދޭން ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.