ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 08:15
ގްރޭންޑް ބާޒާރުގެ ސަރަހައްދު، އީރާންގައި ކޮވިޑް-19ގެ ހާލަތު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން
ގްރޭންޑް ބާޒާރުގެ ސަރަހައްދު، އީރާންގައި ކޮވިޑް-19ގެ ހާލަތު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން
އީޕީއޭ
އިރާނުގައި ކޮވިޑް-19 ފެތުރުން
އީރާންގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ތިންވަނަ ވޭވެއް އަތުވެދާނެ ކަމުގައި އިންޒާރު
 
ޕަބްލިކް ހެލްތް ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ރޫޙާނީ ވަނީ ގޮވާލާފައި
 
އާދިއްތަ ދުވަހު 3362 މީހުން ޕޮޓިވްވެގެން ރިޕޯޓު ކޮށްފައިވޭ
 
32 ޕްރޮވިންސްއަށް ވަނީ ރެޑް އެލަރޓް ނެރިފައި

އީރާންގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ތިންވަނަ ވޭވެއް އަތުވެދާނެ ކަމުގައި އިންޒާރު ދީފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އީރާނުގެ 32 ޕްރޮވިންސެއްގައި ކޮވިޑްގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އަދި ކޭސްތައް އިތުރު ވަމުންދާތީ 32 ޕްރޮވިންސް އަށް ވަނީ ރެޑް އެލަރޓް ނެރެފައެވެ.

އީރާނުގައި ކޮވިޑް-19ގެ ކޭސްތައް އިތުވަމުންދާއިރު، އާދިއްތަ ދުވަހު އެކަނި ވެސް 195 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. އަދި މިހާތަނަށް 25,589 މަރުވެފައިވެއެވެ.

ހެލްތް މިނިސްޓްރީގެ ސްޕޯކްވިމެން ސިމާ ސަދަތް ލާރި ވިދާޅުވީ އީރާނުގައި އާދިއްތަ ދުވަހު 3362 މީހުން ޕޮޓިވްވެގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި، މިހާރު 1,377 ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށެވެ. އަދި މިހާތަނަށް 446،448 ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އީރާންގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާއިރު، ހުކުރު އެކަނި ވެސް 3500 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެއްދުވަހެއްގައި 3000ށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދިޔަ މިއީ ފުރަތަމަ ފަހަރު ކަަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.

އެގައުމުގެ ރައީސް ޙަސަން ރޫޙާނީ ވަނީ އާންމު ރައްޔިތުން ޕަބްލިކް ހެލްތް ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލާފައެވެ. އަދި ގައިޑްލައިންއާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް