ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 08:09
ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން
ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން
ކޮވިޑް-19
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 33 މިލިއަނަށްވުރެން މައްޗަށް
 
ކޮވިޑް-19 ފެތުރޭ މިންވަރަށް އެއްވެސް ހިފެހެއްޓުމެއް ނާދޭ

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 33.09 މިލިއަނަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް ދުނިޔެ އިން 284,743 އަށްވުރެ ގިނަ މީހުން އަލަށް ކޮވިޑް-19 އަށް ފޮޒިޓިވް ވެފައި ވެއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 33092633 މިލިއަން އަރާފައެވެ.

މިއަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ އެމެރިކާ އާއި އަވަށްޓެރި އިންޑިއާ އަދި ބްރެޒިލް އިންނެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެމެރިކާ އިން މިހާތަނަށް 7.2 މިލިއަން މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް އެއްވެސް ހިފެހެއްޓުމެއް ނާދެއެވެ. އަދި ހާލަތު އިތުރަށް ގޯސްވަމުން އަންނައިރު މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިންނެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު، މިހާތަނަށް 213 ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް