ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 22:54
ސައުދި އަރަބިއްޔާގައި ރެންޑަމް ސާމްޕަލިންގް ނަގަމުން ދަނިކޮށް
ސައުދި އަރަބިއްޔާގައި ރެންޑަމް ސާމްޕަލިންގް ނަގަމުން ދަނިކޮށް
ރޮއިޓަރސް
ކޮވިޑް-19 ސައުދީގެ ހާލަތު
ސައުދީން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް ދަށްވެއްޖެ
 
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން ޕޮޒިޓިވްވީ 403 މީހުން
 
ސައުދީ އަކީ މުޅި ދުނިޔެއިން 17 ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމު

ސައުދި އަރަބިއްޔާއިން ފާއިތުވެދިޔަ 24 ގަޑިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް ދަށްވެފައިވާ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެގައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 403 މީހުން ކަމަށެވެ. މިއީ ކޮވިޑް-19 އެގައުމުގައި ފެތުރެން ފެށި ފަހުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާ ދަށްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 550 މީހުންނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް އެގައުމުން ޕޮޒިޓިވްވެއެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19 އަށް ފަރުވާދެނިކޮށް 28 މީހުން އެގައުމުން މަރުވެފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ސައުދީއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޖިއްދާއިންނެވެ. ޖިއްދާއިން 43 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މަދީނާއިން 32 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މައްކާއިންނާއި ރިޔާދުން 29 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން އިތުރަށް ބުނީ މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 600ށް ވުރެ ގިނަ މީހުން ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ސައުދި އަރަބިއްޔާ އަކީ މުޅި ދުނިޔެއިން 17 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ގައުމެވެ. އެގައުމުން މިހާތަނަށް 333،193 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި 4،683 މީހަކު ވަނީ މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި