ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 18:59
އެމްޓީސީސީ
އެމްޓީސީސީ
ކޯޕަރޭޓް މޯލްޑިވްސް
އެމްޓީސީސީގެ ހިއްސާގެ ފައިދާބެހުން
އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ނިންމައިފި
 
މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުންވެސް ވަނީ އައްޔަން ކުރައްވާފައި
 
އެމްޓީސީސީން ހިއްސާގެ ފައިދާ ބެހުމަށް ނިންމާފއިމިވަނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި
 
2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ލިބިފައިވޭ

މޯޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2019 ވަނަ އަހަރަށް ޙިއްސާގެ ފައިދާގެ ގޮތުގައި، ޙިއްޞާއަކަށް 02 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ހިއްސާގެ ފައިދާ ބެހުމަށް ނިންމާފއިމިވަނީ "ފަހިވޯޓު" މެދުވެރިކޮށް އާދިއްތަ ދުވަހު ބޭއްވި އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 34،2 މިލިއަން ރުފިޔާއަށްވުރެ 55.5 ޕަސެންޓު އިތުރު އަދަދެކެވެ.

މި ޖަލްސާގައި 25 ހިއްސާދާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 42 ހިއްސާދާރުން ތަމްސީލް ކުރެވިފައިވެއެވެ.

މި ޖަލްސާގައި ސަރުކާރުން އައްޔަން ކުރެއްވި ޑިރެކްޓަރުންގެ ނަންތައް ވަނީ އިޢުލާން ކޮށްފައެވެ. ސަރުކާރުން އައްޔަން ކުރި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަކީ ހިޔާވަހި، ނ.ކުޑަފަރި، މުޙައްމަދު ފަހީމްއެވެ. ޗީފް އެގްޒެކެޓިވް އޮފިސަރ އަކަށް މ. ސީނުކަރަންކާގެ، އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރ އަކަށް އިހާ ، ޅ.ހިންނަވަރު ޝާހިދު ޙުސައިން މޫސާ، ނޮންއެގްޒެކެޓިވް ޑިރެކްޓަރރ އަކަށް ރޭވަވިލާ ، ފ. ފީއަލި، އަލްއުސްތާޛް މުޙައްމަދު ފަރީދު އަދި ނޮންއެގްޒެކެޓިވް ޑިރެކްޓަރ އަކަށް ދަފްތަރު ނަންބަރު ދރ 950 ،ކ.މާލެ، ސިނާން ޢަލީ ވަނީ އައްޔަން ކޮށްފައެވެ.

މީގެ އިތުރުން އާންމު ޙިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ނޮންއެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމަށް ހެޕީނައިޓް، ގއ. ވިލިނގިލި، ނަސްރަތު މުޙައްމަދު ވަނީ އައްޔަންކޮށްފައެވެ.

މި ޖަލްސާގައި ކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯރޓް އަދި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ.

2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނީގެ ޙިއްސާދާރުން ހޮވި ފަރާތަކީ ޕްރައިސްވޯޓަރ ހައުސްކޫޕާރސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް