ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 18:57
ކުރީ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)- މާނުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ
ކުރީ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)- މާނުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ
ރާއްޖެއެމްވީ
މާނުގެ ކޮރަޕްޝަން މައްސަލަތައް
މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނުގެ ކޮރަޕްޝަން މައްސަލަތައް ވަޔަށް؟! މާނު އުޅުއްވަނީ ބޭރުގައި ވިޔަފާރި ފުޅާ ކުރެއްވުމުގައި!
 
މޯލްޑިވް ގޭސް މެދުވެރިކޮށް ސީއެސްއާރުގެ ނަމުގައި އެކި ފަރާތްތަކަށް ފައިސާ ދީފައިވޭ
 
ގިނަ އަދަދެއްގެ ޑޮލަރު ނަންގަވާފައިވާ ކަމުގެ ތުހުމަތު ހިމެނޭ
 
ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް މިހާތަނަށްވެސް ފޮނުވާފައިނުވޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު) ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުޤީޤު ނުނިމި ދިގުދެމިގެންދާތާ އެތައް ދުވަހެއް މިވަނީ ވެފައެވެ. އެގޮތުން ރައީސް ޔާމީންގެ ދައުރުގައި ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތު މޯލްޑިވް ގޭހުގެ އޭރުގެ ވެރިންގެ މައްޗަށްވެސް ކުރެވިފައިވާއިރު، ޚާއްސަ ގޮތެއްގައި މާނުގެ ދައުރު މި ޖަރީމާތަކުގައި ބޮޑުކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގެ ތަހުޤީޤު އަދިވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ކުރިއަށްދާއިރު، ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް މިހާތަނަށްވެސް ފޮނުވާފައިނުވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އެގޮތުން މި މައްސަލައިގައި އޭސީސީން މީގެ ކުރިން ބުނެފައިވަނީ އޭނާ ރާއްޖެއިން ބޭރުގައި ހުންނެވުމުން މި މައްސަލައިގެ ތަހުޤީޤަށް ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީއަކަށް އެދުމަށް ނިންމާފައިވާކަމަށް އޭރު އޭސީސީން ވަނީ ބުނެފައެވެ.

މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތުތައް "ރާއްޖެއެމްވީ"އާ ހިއްސާ ކުރައްވަމުން އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ހާޒިރު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުންނަ ކަމަށާއި، އެކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު މަޝްވަރާތައް ކުރިއަށްދާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މާނުއާއި ކޮންޓެކްޓް ކުރުމުގެ މަސައްކަތް އޭސީސީން މިހާރު ކުރަމުންދާ ކަމަށެވެ.

މާނުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ގޭސް އެޅުމަށް ބޭނުން ކުރާ ފުޅިތައް ބަދަލުކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ޑޮލަރު ނަންގަވާފައިވާ ކަމުގެ ތުހުމަތު ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ހަދާނުގައި ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އަޅާފައިވާ މިސްކިތަށް މޯލްޑިވް ގޭސްގެ ނަމުގައި 2.5 މިލިއަން ރުފިޔާ ޚަރަދު ކުރި މައްސަލައަކީވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ މައްސަލައެކެވެ. އެ މައްސަލައިގައިވެސް މިސްކިތަށް ބޭނުންވާ ސާމާނު ގަނެފައި ވަނީ ގދ. ތިނަދޫގައި އެ ކުންފުނިން ހިންގި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނުގެ ނަމުގައިކަމާއި، ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނު ތިނަދޫއަށް ގެންގޮސްފައި ނުވާ ކަން ފަހުން ވަނީ ހާމަވެގެން ގޮސްފައެވެ.

އޭގެ އިތުރުންވެސް މޯލްޑިވް ގޭސް މެދުވެރިކޮށް ސީއެސްއާރުގެ ނަމުގައި އެކި ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާއިރު، މި ކަންކަމުގެ ތަހުޤީޤު އަދިވެސް ނުނިމި ދިގުދެމިގެންދާތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދައުލަތުގެ ތެރެއިން އެތައް ޖަރީމާއެއް ހިންގި ކަމުގެ ތުހުމަތު މާނުގެ މައްޗަށް ކުރެވި، އެ މައްސަލައިގެ ތަހުޤީޤު ދިގުލައިގެންދާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އަނބިކަނބަލުންގެ ނަމުގައި ހުޅުމާލޭގައި ބޭއްވި ހިތާނީ ކޭމްޕަށް ވެސް މޯލްޑިވް ގޭހުގެ ނަމުގައި ޚަރަދުކުރި ކަމަށް ތުހުމަތުތައް ކުރެވެއެވެ. އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތާނީ ކޭމްޕަށް މޯލްޑިވް ގޭހުން ފައިސާ ހޭދަ ކޮށްފައި ވަނީ އެންސްޕާގެ ނަމުގައެވެ.

ކޮރަޕްޝަންގެ މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ކަމުގައިވިޔަސް، މިއަދާ ހަމައަށްވެސް އޭނާ އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ. ދައުލަތުގެ ތެރެއިން އެތައް ފައިސާއެއް ނެންގެވުމަށްފަހު މިހާރުވެސް ރާއްޖޭން ބޭރުގައި ބޮޑެތި ވިޔަފާރިތައް ފަށާފައިވާކަން ރާއްޖެއެމްވީއަށް މައުލޫމާތު ލިބެއެވެ. އެގޮތުން ބޭރުގެ ދެގައުމަކުން މުދާ ގަނެ ސަޕްލައި ކުރުމުގެ ވިޔަފާރިއެއް ފަށައި، މާނު އުޅުއްވަމުން ގެންދަވަނީ ނުހަނު އަރާމުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހިސާބުން އުފެދޭ ސުވާލަކީ މާނުގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތައް އެންމެ ފަހުން ވަޔަށް ގޮސް ގެއްލިގެން ދިޔައީބާއެވެ؟ މި މައްސަލައިގެ ތަހުޤީޤު ވެސް ނުނިމި، ފައިލް ތެރޭގައި "ތާށިވީ"ބާއެވެ؟ މާނު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
5%
5%
50%
5%
36%
ކޮމެންޓް
8 އޮކްޓޯބަރ 2020 | ބުރާސްފަތި 15:28
އަހުމަދު
މީނަ މީ އިބޫގެ ސްޕޯކްސްޕާރސަން ހޫދުގެ ޅިޔަނު. ވައްސަލާމް
27 ސެޕްޓެންބަރ 2020 | އާދީއްތަ 23:28
ޢަހުމަދު
ހުސް ހޮޅިވާހަކަ..
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި