ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 21:38
ރާއްޖޭގެ ރިސޯޓެއް - ރާއްޖޭގައި 150 އަށްވުރެ ގިނަ ރިސޯޓް އެބައޮތް
ރާއްޖޭގެ ރިސޯޓެއް - ރާއްޖޭގައި 150 އަށްވުރެ ގިނަ ރިސޯޓް އެބައޮތް
ބުކިންގ.ކޮމް
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް
ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ރާއްޖެ ފިޔަޖަހަނީ!
 
ރާއްޖޭގެ ފަތުރުވެރިކަމަށް 48 އަހަރު ފުރުނުއިރު، ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވޭ
 
އޮކްޓޯބަރު 15 ގައި ގެސްޓްހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލާނެ
 
ފަތުރުވެރިކަން ކުރިއެރުވުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ

ފަތުރުވެރިކަމުގެ ކާމިޔާބު ދަތުރު ދިވެހިން ފެށީ 1972 ވަނަ އަހަރު އެވެ. ކުރުނބާ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަށެވެ. އެއަށްފަހު ބަންޑޮސް އައިލެންޑު ރިސޯޓު ހުޅުވިގެން ދިޔައެވެ.

އޭގެ 48 އަހަރު ފަށުން، ރާއްޖޭގެ ފަތުރުވެރިކަމަށް ނަޒަރު ހިިންގާލާއިރު، ދުނިޔޭގެ ނަން މަޝްރޫހު އެތަކެއް ހޮޓަލް ޗެއިންތަކާއެކު، ރިސޯޓުތަކުގެ އަދަދުު އުޅެނީ 150 އަށްވުރެ މަތީގަ އެވެ. އެތަކެއް ރިސޯޓުތަކެއް ހުޅުވުމުގެ މަގުމަތީގައިވާއިރު، މިއަދު "ދިވެހިރާއްޖެ" އަކީ ފަތުރުވެރިންގެ މެދުގައި އިތުބާރު، އެންމެ ހިތްގައިމް މަންޒިލް އެވެ.

މާލެ ސަރަހައްދުގެ އެންމެ ރިސޯޓަކުން ފެށި ފަތުރުވެރިކަމުގެ ސިނައަތަކީ، ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބަށްވެފައިވާއިރު، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް އާމްދަނީ ލިބުމާއި ގުޅިފައިވަނީވެސް ފަތުރުވެރިކަމުގެ ސިނާއަތެވެ. ކޮންމެ އަތޮޅެއްގައި އެތަކެއް ރިސޯޓެއް ހިންގަމުންދާއިރު، ސީދާގޮތުންނާއި، ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅެއް ނެތް އާއިލާއެއް ނެތޭ ބުނުމަކީވެސް ދޮގަކަށް ނޫނީ ނުވާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، ރިސޯޓު ޓޫރިޒަމްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކޮށްލި، ގެސްޓުހައުސް ފަތުރުވެރިކަމާއެކު، ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ވަނީ އިތުރުވެގެންގޮސްފަ އެވެ. ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން އަގުބޮޑު މަންޒިލެއްގެ ގޮތުގައި އޮތް އޮތުން މިއަދު މިވަނީ ނިމުމަކަށް އައިސް އެކަމުގެ ކްރެޑިޓް ގެސްޓްހައުސްތަކުން ނަގާފައެވެ. ގިނަ ފަތުރުވެރިންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މޫދު ކުޅިވަރަށް ލޯބިކުރާ ބަޔަކަށްވާއިރު ގެސްޓްހައުސްތަކުގެ ވިޔަފާރިއާއި، ކެފޭ، ރެސްޓޯރަންޓްތަކުގެ އިތުރުން މޫދު ކުޅިވަރު ހަރަކާތްތައް ހިންގައިގެން ރަށްރަށުގެ ތަރައްޤީ މިއަދު މިވަނީ ދެގުނައަށް އިތުރުކޮށްފައެވެ.

ސަފާރީތަކަށް އަންނަ ފަތުރުވެރިން އަންނަނީ މަޑުމަޑުން އިތުރުވަމުން

އޭގެއިތުރުން ސަފާރީ ފަތުރުވެރިކަންވެސް ފުޅާވެ، ކުރިއަރަމުން އަންނައިރރު، ސަފާރީ ދަތުރުތަކަކީ މިއަދުގެ މިހަލާތާއި ގުޅިގެން ފަތުރުވެރިން އެންމެ ގަޔާވި އެއް ދާއިރާއަށް ވަނީ ވެފަ އެވެ. ސަފާރީތަކަށް އަންނަ ފަތުރުވެރިންގެ ނިސްބަތް މަޑުމަޑުން އިތުރުވެފައިވާއިރު، މިދަނޑިވަޅުގައި ޗުއްޓީ ހޭދަކޮށްލަން އެންމެ ސޭފް އެއް ތަނަކީވެސް ސަފާރީތައް ކަމަށް ގިނަ ފަތުރުވެރިން ޤަބޫލުކުރެއެވެ.

އެއީ ސަބަބެއްވެސް ނެތިއެއްނޫނެވެ. ސަފާރީތަކަށް އަންނަ ފަތުރުވެރިންނަށް ސީދާ އެއަރޕޯޓުން ސަފާރީތަކަށްގޮސް ރަށްރަށް ނުފައިބާ ޗުއްޓީ ހޭދަކޮށްލުމަށްފަހު އަނބުރާ ގައުމަށްދެވޭނެ ގޮތެކެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަކީ މުޅި ރާއްޖެ އެކަމަކަށް ބަރޯސާވެފައިވާ ބޮޑު ސިނާއަތެކެވެ. ކޮވިޑްގެ މިހާލަތުގައި ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލެވުމަކީ ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުން ހައިރާންކޮށްލުވި ކަމެކެވެ. މިދަތި ދަނޑިވަޅުގައިވެސް ރާއްޖެ މިވަނީ ފަތުރުވެރިކަމުގެ ލިސްޓްގެ އެންމެ ކުރީގައެވެ.

މުޅި ދުނިޔެ ކޮވިޑްގެ މިބަލިމަޑުގައި ބަންދުވެފައިއޮތް އިރު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް ހުޅުވުނީ ކޮން އުކުޅެއް އެކަމުގައި ބޭނުންކޮށްގެންތޯ މިއީ މިއަދު އެހެން ގައުމުތަކުން އުފައްދަމުންދާ އެންމެ ބޮޑު ސުވާލެވެ. ރާއްޖޭގެ ބޯޑަރު ހުޅުވުނު އިރު އެހެން ގައުމުތަކަށް މިކަން ނުވާންވީ ސަބަބެއް ނެތް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

މީގެ ޖަވާބު ވަރަށްވެސް ކުރުވެފައި ސާދާއެވެ. އެއީ މި ކުޑަކުޑަ ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވުމެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް ބޭނުންވަނީ އެކަހެރިކަމާއި، ރައްކާތެރިކަމާއި، އަމާންކަމާއި ހިތްހަމެޖެހުމާއި އެކު ޗުއްޓީ ހޭދަކޮށްލުމެވެ.

ރާއްޖޭގެ ރިސޯޓްތަކަކީ ފަތުރުވެރިން ބޭނުންވާ ގޮތަށް ވަކިން ތަރައްޤީކޮށްފައިވާ ތަންތަން

މިބަލިމަޑުކަމުގެ ތެރެއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ބޭނުންވާ މައިގަނޑު އެއް ސަބަބަކީވެސް ރާއްޖޭގެ ރިސޯޓްތަކަކީ ވަކިން އޮންނަ ތަންތަން ކަމަށްވުމާއި އެހެން މީހުންނާއި އެކަހެރިކޮށް އުޅެ އެފަރާތްތަކަށް ޗުއްޓީ ހޭދަކޮށްލެވޭނެ ފަދަ ފުރުޞަތެއް ރާއްޖޭގައި މަގުފަހިވެފައި އޮތުމެވެ.

މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމަކީ ސަރުކާރަކުން ކުރި ވަރަށް ހިތްވަރުގަދަ ކަމެއް ކަމަށް ބޭރުގެ ގިނަ ފަރާތްތަކުން މިއަދު ޤަބޫލުކުރެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މީހުން އިންތިޒާރުކުރަމުން ދަނީ އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކަށެވެ. މިއީވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެންގޮސް މިދާއިރާ އިތުރަށް ކުރިއަރައިގެންދާނެ އެއް ކަންތަކެވެ. އަދި މިސިނާއަތުގައި ހަރަކާތްތެރިވަމުންދާ މީހުންގެ ފޮނި އުއްމީދެކެވެ.

އެތައް ބައެއްގެ ވަޒީފާ ގެއްލި އިއާދަނުކުރެވޭ ގެއްލުމެއްގެ ތެރޭގައި އޮތް މިދަނޑިވަޅުގައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށް މިއައި ލޮޅުމުން އަރައިގަތުމަށް އެންމެ އެކުގައި ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. ފެންނަނީވެސް އެ މަންޒަރު އެވެ. ރަށު ކަންމަތީ ފިހާރަ ހިންގާ އިބްރާހިމްބެއިން ފެށިގެންގޮސް، ރައީސުލްޖުމްހޫރިއްޔާވެސް މިއަދު ހުންނެވީ އެއް އަޒުމެއްގައެވެ. ރާއްޖޭގެ ފަތު

މިދަނޑިވަޅުގައި ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ފޮނިވާނެ ކަމާއި މެދު ޝައްކެތްނެތެވެ. މިކުޑަކުޑަ ރާއްޖެ މިވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް މިސާލު ދައްކާފައެވެ. އެހެން ގައުމުތަކުގެ މެދުގައި މަޤްބޫލުކަން ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
5%
58%
0%
5%
16%
16%
ކޮމެންޓް
27 ސެޕްޓެންބަރ 2020 | އާދީއްތަ 23:25
ނޯބޮޑީ
އެވެސް ރައީސް ޔާމީންގެ މިންނެތް މަސައްކަތް...#ފްރީ ރައީސް ޔާމީން#