ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 14:59
އުރީދޫ މޯލްޑިވްސްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތްދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އުރީދޫ މޯލްޑިވްސްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތްދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ/އޫރިދޫމޯލްޑިވްސް
ސެލްފް ސަރވިސް ކިއޮސްކް
އުރީދޫއިން އެއަރޕޯޓުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތް ދޭން ފަށައިފި
 
މިފަދަ އިތުރު މެޝިންތައް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި ބަހައްޓާ ޚިދުމަތް ދިނުމަކީ އަމާޒެއް
 
ފަތުރުވެރިން ސިމްކާޑް ހޯދުމަށްކުރާ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ދާނެ
 
މި ކިއޮސްކުން ފަތުރުވެރިން ރާއްޖެ އައުމަށްފަހު ވަގުތުން ސިމް ކާޑް ނެގޭނެ

ފަތުރުވެރިންނަށް ޚާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތްދޭން ފަށައިފިއެވެ.

ސެލްފް ސަރވިސިންގް ކިއޮސްކް އިފްތިތާޙްކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މި ކިއޮސްކްގެ ޚިދުމަތް ފަށްޓަވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް އުރީދޫއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބެހެއްޓި މި ކިއޮސްކުން ފަތުރުވެރިން ރާއްޖެ އައުމަށްފަހު ވަގުތުން ސިމް ކާޑް ނެގޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އަލަށް މިތަޢާރަފްކުރެވުނު ޚިދުމަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ މިޚިދުމަތުގެ ސަބަބުން ފަތުރުވެރިން ސިމްކާޑް ހޯދުމަށްކުރާ މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ދާނެކަމަށެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރަނީ ޔޫސަރ ފްރެންޑްލީ އިންޓަފޭސް އެއްކަމުން ފަތުރުވެރިންނަށް އުނދަގުލަކާއި ނުލާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޚިދުމަތް ލިބޭނެކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

މިއަށް ބޭނުންވާނީ ޕާސްޕޯޓާއި ކްރެޑިޓް ކާޑް ދެން ސޮއި. ވަރަށް ސިމްޕަލް އަދި އެފިޝަންޓް ޚިދުމަތެއް މިއީ. 24 ގަޑިއިރު މި ކިއޮސްކުން ޚިދުމަތް ލިބެމުންދާނެ.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް

މީގެ އިތުރުން ނިޒާޒް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު މެޝިންތައް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި ބަހައްޓާ ޚިދުމަތް ދިނުމަކީ އަމާޒެއްކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓުގައި މިބެހެއްޓި ކިއޮސްކް އަކީ މީގެ ޕައިލެޓް ޕްރޮޖެކްޓް ކަމަށާއި މީގެން ލިބޭ ފީޑްބެކަށް ބަލާ އިތުރު އެއަރޕޯޓްތަކުގައި ވެސް މި ޚިދުމަތް ކުރިޔަށް އޮތްތަނުގައި ދެމުންގެންދާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އުރީދޫ އިން ކުރެވެން ހުރި މަސައްކަތްތައް ބައިނަލްއަގްވާމީ ފެންވަރުގައިވެސް ކުރަމުން އަންނަ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ސެލްފް ސަރވިސް ކިއޮސްކްގެ ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވީ، މިއީ ދުނިޔޭގެ މަދު އެއަރޕޯޓަކުން ލިބެން ހުންނަ ޚިދުމަތެއްކަމުން އުރީދޫއިން ފެށި މި ޚިދުމަތުންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވެލި އަވަސްވާނެ ކަމަށެވެ. އަދި ކޮވިޑް-19ގެ މި ނާޒުކު ޙާލަތުގައި ކޮންޓެކްޓްވުން ކުޑަކުރުމަށް މި ޚިދުމަތުގެ ސަބަބުން އިތުރު ބާރެއް ލިބޭއިރު، މިފަދަ ޚިދުމަތްތަކުން ބަލި ކޮންޓްރޯލްކުރަންވެސް ފަސޭހަވާނެކަން ތައްޔިބް ވިދާޅުވިއެވެ.

އުރީދޫއިން އަނެއްކާވެސް ފަސްޓް އޮފް އިޓްސް ކައިންޑް ޚިދުމަތެއް މިފެށީ. ވަރަށް ވަގުތު ސަލާމަތްވާނެ. ކޮންޓެކްޓްލެސް ވީމަ އަދިމިކަން އިތުރަށް ފުރިހަމަވެގެން މިދަނީ އެހެންނޫންތޯ. ފަތުރުވެރިޔާ އެއަރޕޯޓަށް އައުމާއެކު އޭނާއަށް އެންމެ މުހިންމު ކަމަކަށް މިއޮންނަ އެއް ކަމަކީ މުއާސަލާތު ކުރެވޭނެ ގޮތެއް ހޯދުން. އެކަން ހަމަޖެހިގެން މިދިޔައީ
އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބް މުހައްމަދު

ތޮއްޔިބް ވިދާޅުވީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތާއެކު ރާއްޖޭގެ ފަތުރުވެރިކަންވެސް ހީނަރުވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރި ރާއްޖެ އައުމަށް ފުރުސަތުތަކެއް ރާއްޖެއިން ފަހިކޮށްދެމުންދާކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަަމަށްވެސް ތޮއްޔިބް ވިދާޅުވިއެވެ.

މި ސެލްފް ސަރވިސް ކިއޮސްކް ބަހައްޓާފައި ހުންނަނީ ވީއައިއޭގެ އިންޓަނޭޝަނަލް ޓަރމިނަލްގެ އެރައިވަލް ގޭޓް ކުރިމަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް