ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 14:35
އެމީގެ ނަން އިއުލާނު ކުރެއްވުމަށް ހޮނިހިރު ދުވަހު ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމީގެ ނަން އިއުލާނު ކުރެއްވުމަށް ހޮނިހިރު ދުވަހު ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޭޕީ
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޓްރަމްޕް ފޮނުއްވީ އެމީ ކޯނީގެ ނަންފުޅު
 
މަތީ ކޯޓުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި
 
އެ ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނޭ
 
އެ މަޤާމަށް އެމީ އައްޔަނު ކުރެއްވުމަށް މިހާރު ވަނީ ނިންމާފަ

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ރޫތް ބާޑާ ގިންސްބާގް އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށް އެމީ ކޯނީ ބެރެޓުގެ ނަންފުޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައަޅުއްވައިފިއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އުމުރުފުޅުން 87 އަހަރުގައި ގިންސްބާގް އަވަހާރަވެފައިވާއިރު، އެ މަޤާމަށް އައްޔަނު ކުރައްވާނެ ބޭފުޅަކާމެދު އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. އަދި އެންމެ މަތީ ކޯޓުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަން، އެމެރިކާގެ ސިޔާސީ ދާއިރާގައި ވެސް ބޮޑުވެގެންދިޔައެވެ.

އެންމެ ފަހުން ރައީސް ޓްރަމްޕް މިވަނީ ސޯޝަލް ކޮންސަރވޭޓިވުންގެ މެދުގައި މަޤްބޫލު އެމީ އެ މަޤާމަށް އައްޔަނު ކުރެއްވުމަށް ނަން ފޮނުވާފައެވެ. އެގޮތުން އެމެރިކާގެ ސެނެޓާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ މަޤާމަށް އެމީ އައްޔަނު ކުރެއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ޓްރަމްޕްގެ ރިޔާސީ ވާދަވެރިޔާ ޖޯ ބައިޑެންގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އެ ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމީގެ ނަން އިއުލާނު ކުރައްވައި ހޮނިހިރު ދުވަހު ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެމީއަކީ އެތައް ކާމިޔާބީތަކެއް ޙާސިލު ކުރައްވާފައިވާ އަދި ޤާނޫނުއަސާސީއަށް ވެސް ވަފާތެރި ބޭކަނބަލެއް ކަމަށެވެ.

އެމީ އައްޔަނު ކުރުމަށް ސެނެޓުން ފާސްކޮށްފިނަމަ އެކަމަނާ ވެގެންދާނީ ރައީސް ޓްރަމްޕް އައްޔަނު ކުރެއްވި 3 ވަނަ ފަނޑިޔާރަށެވެ. އެގޮތުން މީގެ ކުރިން ޓްރަމްޕް ވަނީ ނީލް ގޯރޝާއާއި، ބްރެޓް ކަވަނާ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައެވެ.

އެންމެ މަތީ ކޯޓުގެ ބާރުވެރިކަން ހޯއްދެވުމަށްފަހު ޓްރަމްޕް ވަނީ މީގެ ކުރިންވެސް ބޮޑެތި ނިންމުންތައް އެމަނިކުފާނާ އެއްކޮޅަށް ނިންމަވާފައެވެ. އޭގެ ތެރޭގައި މުސްލިމު ބައެއް ޤައުމުތަކުން ދަތުރުފަތުރު މަނާ ކުރުމާއި، ކާރބަން އެމިޝަން ހުއްޓުވުމުގެ ސިޔާސަތު މަޑުޖައްސާލުން ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
0%
50%
ކޮމެންޓް