ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 11:30
އާޖެންޓީނާގައި ކޮވިޑްގެ ކޭސްތައް އިތުރުވަނީ، ރައްކާތެރިވުމަށް އާންމުން އުޅެނީ މާސްކް އަޅައިގެން
އާޖެންޓީނާގައި ކޮވިޑްގެ ކޭސްތައް އިތުރުވަނީ، ރައްކާތެރިވުމަށް އާންމުން އުޅެނީ މާސްކް އަޅައިގެން
އަލްޖަޒީރާ
ކޮވިޑް-19 އާޖެންޓީނާގެ ހާލަތު
ހަތް މަސްދުވަހުގެ ލޮކްޑައުންއާއި އެކުވެސް އާޖެންޓީނާގައި ކޮވިޑް ކޭސްތަކުގެ އަދަދު ދަށްނުވެ، 7 ލައްކައަށް ވުރެ މައްޗަށް!
 
މިހާތަނަށް ޖުމްލަ 702،484 މީހަކަށް ބަލި ޖެހިފައި
 
މިދިޔަ ހަފްތާގައި ޖުމްލަ 365 މީހަކު މަރުވެގެން އެގައުމުގެ ސިއްހީ ވުޒާރާއިން
 
ހަފްތާއެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުން

ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ފެންނަ 5 ގައުމުގެ ތެރޭގައި އާޖެންޓީނާ ހިމެނި، ޖުމްލަ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

އެ ގައުމުގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން، ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް 11،000 ވުރެ ގިނަ ކޭސް އެގައުމުން ރިޕޯޓުކުރެއެވެ. މިއީ، އާބާދީގެ ނިސްބަތުން ދެކުނު އެމެރިކާގެ ބައްރުގައި އޮތް ގައުމަށް ގިނަ އަދަދަކަށް ވާއިރު އައު ކޭސްތަކާއި އެކު ހަފްތާއެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން، ނިމިދިޔަ ހަފްތާގައި ޖުމްލަ 365 މީހަކު މަރުވެގެން އެގައުމުގެ ސިއްހީ ވުޒާރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އާޖެންޓީނާގެ ސިއްހީ ވުޒާރާއިން ހޮނިހިރު ދުވަހުގެެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިހާތަނަށް ޖުމްލަ 702،484 މީހަކަށް ބަލި ޖެހިފައިވާއިރު ބަލީގައި 15،500ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އާޖެންޓީނާއިން އަޅާފައިވާއިރު، 7 މަސް ދުވަހުގެ ލޮކްޑައުންގެ ތެރޭގައިވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވި ދިޔުމާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން، ހޮނިހިރު ދުވަހު އެގައުމުގެ ވެރިރަށް ބުއެނޯސް އައިރެސްއިން ވަނީ ކުރިން ކުރި އަންދާޒާތަކަށް ވުރެ މަރުވާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު ބަލި ކޮންޓްރޯލް ކުރުމަށް މުއައްސަސާތައް ފެއިލްވެފައިވާކަން އެ ފަރާތްތަކުން ދަނީ ގޮވަމުންނެވެ. އަދި، މަޝްރަހު ދިރާސާކުރާ މާހިރުންވެސް ވަނީ 7 މަސްދުވަހުގެ ލޮކްޑައުންގެ ސަބަބުން އެގައުމު އިގްތިސާދު އަރައިނުގަނެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ފާހަގަކޮށްފައެވެ.

ދެކުނު އެމެރިކާގެ ގައުމު ތެރެއިން އާޖެންޓީނާއަކީ އެންމެ ފުރަތަމަ ކޭސްއެއް ފެނުމާއި އެކު ފުރަތަމަވެސް ހަރުކަށި ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ދެކުނު އެމެރިކާގެ ބައްރުގެ ގައުމުތަކަށް ބަލާއިރު އާޖެންޓީނާ ހިމެނެނީ ބަލި އެންމެ ގިނައިން ފެނިފައިވާ ގައުމުތަކުގެ ލިސްޓުގެ 4 ވަނައިގައެވެ.

ދެކުނު އެމެރިކާ ބައްރުން އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ފެނިފައިވަނީ ބްރެޒިލްއިންނެވެ. ދެ ވަނައިގައި 806،000 ވުރެ ގިނަ ކޭސްއާއި އެކު ކޮލަމްބިއާ އޮތް އިރު ތިން ވަނައިގައި ޕެރޫ އިން ވަނީ 8 ލައްކަ ކޭސް ޖުމްލަ ރިޕޯޓުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން