ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 10:53
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ހޯނޑެއްދޫގެ ހާލަތު
ހޯނޑެއްދޫގައި ރަށުތެރެއަށް ކޮވިޑް ފެތުރިގެން ދިޔައީ އެކެއްގެ ފަރާތުން
 
އެކަށީގެންވާ ހެކި ލިބިއްޖެނަމަ ފުލުހުން ފިޔަވަޅުވެސް އަޅާނެ ކަމަށް ވިދާޅުވި
 
މިހާތަނަށް ފެނިފައިވާ ހުރިހާ ކޭސްއެއްވެސް ގޮސް ގުޅިގެން ދަނީ ސިންގަލް ސޯސްއާ
 
ކަރަންޓީންގައި ހުރި މީހަކު ރަށުތެރެއަށް ނުކުމެގެން ދިޔަ ކަމުގެ ހެއްކެއް ލިބިފައެއްނުވޭ

ގދ. ހޯނޑެއްދޫގައި ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާއިރު، އެ ރަށުތެރެއަށް ބަލި ފެތުރިގެން ދިޔައީ އެންމެ މީހެއްގެ ފަރާތުންކަމަށް ހެލްތް އިމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، ހޯނޑެއްދޫގައި ބަލި ފެތުރިގެން ދިޔަ ގޮތް ފުލުހުންނާ ސިއްޙީ އޮފިޝަލުން ބައިވެރިކޮށްގެން އެކި ގޮތްގޮތުން ބަލާފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ސިންގަލް ސޯސް (އެކެއްގެ ފަރާތުން) ރަށު ތެރޭގައި ދެން ޕޮޒިޓިވްވި 2 މީހުންނަށް ބަލި ފެތުރިގެން ދިޔަކަން އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހޯމް ކަރަންޓީންގައި ހުރި މީހަކު ރަށުތެރެއަށް ނުކުމެގެން ދިޔަ ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައިނުވާކަން ފާހަގަ ކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް ފެނިފައިވާ ހުރިހާ ކޭސްއެއްވެސް ގޮސް ގުޅިގެން ދަނީ އެ ސިންގަލް ސޯސްއާ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ހޯނޑެއްދޫގައި އެކްޓިވް ސަރވައިލެންސް ހެދިފައިވާ ކަމަށާއި، އަލާމަތްތައް ހުރި މީހުން ދެނެގަނެވި، ޓެސްޓު ކުރަމުންދާއިރު، ރަށުތެރެއިން ފުރަތަމަ ޕޮޒިޓިވްވި 2 މީހުންނާ ގުޅުމެއް ނެތް ގޮތަކަށް އެއްވެސް ކޭސްއެއް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

އެއް ޗެއިން އޮފް ޓްރާންސެކްޝަން މި އުޅެނީ، އެހެންވީމާ ލޯކަލް ސްޕްރެޑެއްކަމަށް މި ބެލެވެނީ
ޑރ ނަޒްލާ ރަފިޤް

އޭގެ އިތުރުން، ހޯމް ކަރަންޓީންގެ އުސޫލުތަކާ މީހަކު ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން ފުލުހުން ބަލަމުން ގެންދާނެ ކަމަށާއި، އެކަށީގެންވާ ހެކި ލިބިއްޖެނަމަ ފުލުހުން ފިޔަވަޅުވެސް އަޅާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހޯނޑެއްދޫއަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ރަށެވެ. އެ ރަށުން އެންމެ ފުރަތަމަ މި ބަލި ފެނިފައިވަނީ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
67%
0%
7%
20%
0%
7%
ކޮމެންޓް