ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 09:36
އިންޑިއާގެ ކޮޗިނާ ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ކާގޯފެރީ
އިންޑިއާގެ ކޮޗިނާ ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ކާގޯފެރީ
ފޮރިން މިނިސްޓްރީ
ކޮޗިން ކާގޯ ފެރީގެ ދަތުރުތައް ފެށުން
ކާގޯ ފެރީއާ އެކު ޕޯޓަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އުމްރާނީ ވަސީލަތްތައް ރަނގަޅުވުން: އެމްއެސްއެސް
 
ހުރިހާ ސޮލިއުޝަނެއް ފޯރުކޮށްދެނީ އެމްއެސްއެސް އިން
 
އޮޕަރޭޓް ކުރަނީ އިންޑިއާގެ ޝިިޕިން ކުންފުނިން

އިންޑިއާގެ ކޮޗިނުން ކުޅުދުއްފުއްޓަށް ކާގޯ ފެރީގެ ދަތުރު ފެށިގެން ދިޔުމުން އަންނާނެ އެންމެ ބޮޑު ބަދަލަކީ ކުޅުށުއްފުށީ ޕޯޓުގެ އުމްރާނީ ތަރައްގީ ކުރިއަރައިގެން ދިޔުން ކަމަށް ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފިއެވެ.

ކޮޗިންއާ ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީގެ ދަތުރުތައް ހޮނިހިރު ދުވަހު ފަށައި، ފުރަތަމަ ކާގޯ ފެރީ ވަނީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައެވެ. އަދި މި ކާގޯ ފެރީއާ އެކު ޝިޕިން އިންޑަސްޓްރީއަށް އަންނާނެ ބަދަލުތަކާއި ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމްގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު ވިދާޅުވީ، ޕޯޓެއްގެ އުމްރާނީ ތަރައްގީ ކުރިއަރާނީ ''ރެގިއުލާ ޓްރެފިކެއް'' އޮވެގެން ކަމަށެވެ.

ޑިމާންޑެއް ނެތްތަނަކަށް ބައިވަރު މެޝިންތަނެއް ގެންގޮސް ބަހައްޓައިގެން އެ ބޭނުންނުކުރުމަކީ އެކަން ކުރެވޭނެ ގޮތެއްވެސް ނޫން
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓާ - އަބްދުﷲ ސައީދު

ރީޖަނަލް ޕޯޓްތައް ތަރައްގީކުރުމާއި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މާލޭގައި ދެވޭ ހިދުމަތްތަކެއް އަދި މިހާތަނަށް ރާއްޖޭގެ އެހެން އެއްވެސް ޕޯޓަކުން ނުދެވޭ ކަމަށެވެ. އެގޮތުން، ކޮޗިންފެރީ ބަނދަރުކުރެވޭނެ ވަރުގެ ޖެޓީއެއް ކުޅުއްދުއްފުށީ ގައި ނެތިގެން ކާގޯ ފެރީން ގެނައި މުދާތައްވެސް ބޭލުވީ ބަނދަރުގައި ބާއްވައިގެންނެވެ.

ކުޅުފުއްޓަށް ދިޔަ ''އެމްސީޕީ ލިންޒް'' ކާގޯ ފެރީ އަކީ ޝިޕިން ލިމިޓެޑް އޮފް އިންޑިއާއިން އޮޕަރޭޓްކުރާ އުޅަނދެކެވެ. މި ފެރީގެ ރާއްޖޭގެ އެޖެންޓުގެ ރޯލް އަދާކުރަމުން ދަނީ އެމްއެސްއެސް އިންނެވެ. ސައީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މައިގަނޑު ދައުރަކީ ބޯޓުން މުދާ ބޭލުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ފޯރުކޮށް ދިނުމެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ޕޯޓްސް އަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ ޕޯޓުގެ އިންފްރަސްޓްރަކްޗާ އިމްޕްރޫވް ވެގެންދާނެ. ރެގިއުލާކޮށް ބޯޓެއް ރޯލް ކުރަން ފެށުމުން އެނގޭނެ ބޭނުންވާ އިކުއިޕްމެންޓްތައް. އޭގެ ސަބަބުން ބަނދަރުގެ ހަރަކާތްތަކަށް ކުރިއެރުމެއް އަންނާނެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓާ - އަބްދުﷲ ސައީދު
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު

ސައީދު ވަނީ އެމްއެސްއެސްގެ ކުރު މާޒީގައި ހޯދިފައިވާ ކުރިއެރުމާއި ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، މި އަހަރު ފެށި ދިވެހި ޝިޕިން ލައިންއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމެއް ކަމަށް ދެކެވަޑައިގަންނަވަނީ ކުރިން ރާވާފައިވާ ޝެޑިއުލްއާ އެއްގޮތަށް ދަތުރުކުރެވެން ފެށުން ކަމަށެވެ.

އެއާއެކު އެކަން އެގޮތަށް ކުރިޔަށްދާނެ ކަމުގެ ގެރެންޓީ ޝިޕިން ލައިންތަކަށް ދެވިއްޖެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ގިނަ ޝިޕިން ލައިންތަކާއި ގުޅުން ބަދަހި ކުރެވި ކާގޯގެ އަދަދު އިތުރުވެ، ކުރިން ރާާވާފައިވާ ޕްލޭނާ އެއް ގޮތަށް ކުރިޔަށްދާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް
27 ސެޕްޓެންބަރ 2020 | އާދީއްތަ 09:52
މީ އެއްކަލަ ވެބް ސައީދު ދޯ. ޙެހެހެހެ. ލަދުގެ ކަންފުޅެއެއް ވެސް ނެތް.
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި