ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 13:44
ޔުކްރެއިންގެ މަތިންދާ ބޯޓެއް ވެއްޓުން
ޔުކްރެއިންގެ މަތިންދާ ބޯޓެއް ވެއްޓުން
ގޫގުލް
ޔުކްރެއިންގެ މަތިންދާ ބޯޓް
ޔުކްރެއިންގެ މަތިންދާ ބޯޓެއް ވެއްޓި 22 މީހަކު މަރުވެއްޖެ!
 
މިބޯޓް ދަތުރުކުރީ 27 މީހުންނާއި އެކު

ޔުކްރެއިނުގެ އަސްކަރީ މަތިންދާ ބޯޓެއްގައި ރޯވެ ވެއްޓުމުގެ ސަބަބުން 22 މީހުން މަރުވެއްޖެއެވެ.

ޔުކްރެއިނުގެ ސިފައިންގެ ލަޝްކަރުގެ ވެރިޔާ ރުސްލާން ހޮމްޝަކާ ހަވާލާދީ މީިޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ތަމްރީނުތަކުގައި 27 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެގެން ވެއްޓުނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގަ ކަމަށެވެ.

މި ހާދިސާގައި 22 މީހުން މަރުވެފައިވާއިރު ދެ މީހަކު ޒަހަމް ވެފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ ސަރަޙައްދުގައި މީހުން ސަލާމާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ބުނެފައި ވެއެވެ.

ޔުކްރެއިނުގެ ވައިގެ އަސްކަރިއްޔާގެ ކެޑޭޓުން ތަމްރީނުތަކެއް ހަމަދަމުންދިޔަ އެންޓޮނޮވް އެން-26 މަރުކާގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ އެ ޤައުމުގެ އިރުއުތުރު ސަރަޙައްދެއްގައި އޮންނަ ހައިވޭއެއް ކައިރިއަށެވެ. އަދި މިހާދިޘާ ހިންގީ ޗުހުއިވް ކިޔާ އަވަށެއްގެ ކައިރީގައިއެވެ.

ޔުކްރެއިންގެ ރައީސް ލަޑީމިއާ ޒެލެންސްކީގެ އެންގެވުމުގެ މަތިން ކަމާބެހޭ ފަރާތްތަކުންދަނީ ހާދިޘާ މެދުވެރިވާން ދިމާވި ސަބަބު ތަހުޤީޤުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
50%
50%
0%
0%
ކޮމެންޓް