ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 13:55
އެލައިޑް އިންޝުއަރެންސް: ރާއްޖޭގައި އެންމެ ފުޅާދާއިރާގައި އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭ އެއް ކުންފުނި
އެލައިޑް އިންޝުއަރެންސް: ރާއްޖޭގައި އެންމެ ފުޅާދާއިރާގައި އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭ އެއް ކުންފުނި
އެލައިޑް އިންޝުއަރެންސް
އެލައިޑްގެ މައްޗަށް 22 މިލިއަން ޑޮލަރު ދެއްކުމަށް
ޖާބިރުގެ ޔޮޓް ޓުއަރސްއަަށް 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑްގެ މައްޗަށްކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ
 
އެއީ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ދެފަރާތުން ވެފައިވާ އެއްބަސްވުމެއް
 
ސިވިލް ކޯޓުގެ ހުކުމުގައި އެލައިޑް އިންޝުއަރެންސުން މިފައިސާ ޔޮޓް ޓުއަރސްއަށް ދައްކާ ހަލާސްކުރުމަށް 6 މަސް ދުވަސް ދީފައިވޭ
 
އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވަނީ 22،784،837.59 ޑޮލަރު

އެލައިޑް އިންޝުއަރެންސްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް އާދިއްތަ ދުވަހަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:30 އަށެވެ. މި މައްސަލަަކީ، އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ކަމަށް ނިންމައި، އެލައިޑް އިންޝުއަރެންސް މައްޗަށް، ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން، އެލައިޑް އިންޝުއަރެންސުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ. އަދި މިއީ ހައިކޯޓުގައި މި މައްސަލާގައި ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

ސިވިލް ކޯޓުން މިދިއަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ، އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން ވެފައިވާ، ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފަރާތުން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސްއަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީއަތަކަށް ސާބިތުވާ ކަމަށެވެ.

އެެހެންކަމުން، އެ ޙާދިސާއާ ގުޅިގެން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784،837.59 ޑޮލަރަކީ އެ ދެފަރާތުގެ ދެމެދު އެކުލަވާލެވުނު އަލިދޫ ރިސޯޓްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ، އެ ފައިސާ ޔޮޓް ޓުއަރސްއަށް ލިބިދިނުމުގެ ގޮތުން، 19 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން މަދުވެގެން، އެ މަހަކަށް ޖެހޭވަރު، ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް، 6 މަސް ދުވަހުގެ ތެރޭގައި. 22،784،837.59 ޑޮލަރު ދައްކާ ހަލާސްކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް އަންގާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް