ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 14:15
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލް ލަޠީފު
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލް ލަޠީފު
ރާއްޖެއެމްވީ
އިންޑިޔާ ކާގޯ ފެރީ
ކާގޯ ފެރީގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވިޔަފާރިވެރިން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ: ޔާސިރު
 
މި ހިދުމަތުގެ ސަބަބުން އައު ވިޔަފާރިވެރިން ނިކުންނަން ޖެހޭ
 
އުުތުރުމީހުންނަކީ މީގެ ކުރިންވެސް މުދާ ގެނައުމަށް ބޭރު ގައުމުތަކަށް ދަތުރުކުރި ބައެއް

އިންޑިޔާ ކޮޗިން ފެރީގެ ޚިދުމަތް މިއަދު ފެއްޓިއިރު މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނީ ވިޔަފާރިވެރިންނާއި، އިތުރު ވިޔަފާރިތައް މިކަމުގެ ތެރެއަށް ވަދެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލް ލަޠީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކާގޯ ފެރީގެ ޚިދުމަތް ފެއްޓުމުގެ ވާހަކައަކީ ވަރަށް ކުރިންވެސް ދައްކަމުންދިޔަ ވާހަކައެއް ކަމަށާއި މިއަދު މި ޚިދުމަތް ފެށުމާއި އެކު އެންމެ ބޮޑަށް ދެން ދެކެވޭނެ ވާހަކައަކީ މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރާނީ ކިހިއްތޯއާއި މެދު އުފައްދާ ސުވާލު ކަމަށެވެ.

އެހެންކަމުން މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރާނީ އިތުރު ވިޔަފާރިތައް އުފެދި، އެ ސަރަހައްދުގެ ވިޔަފާރިވެރިން މިކަމުގެ ތެރެއަށް ވަގެން ކަމަށާއި މަހަކު ދެ ދަތުރު ޝެޑިއުލްކޮށްގެން ކުރުމަށް ނިންމާފައިވާއިރު މިކަމުން ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ލިބިގެންދާނެ ކަމުގެ ޔަޤީންކަން ލިބިގެންދާނެ ކަމަށެވެ.

މީގެ 50 އަހަރުގެ ކުރިއަށް ޖެހިލާއިރު ވެސް އުތުރުގެ މީހުންނަކީ މުދާ ގެނައުމަށްޓަކައި އިންޑިއާއަށް ކޮޅުނބަށް ދަތުރުކުރި ބައެއްކަމަށާއި އެހެންނަމަވެސް ވަކި ހިސާބަކުން އެކަންތައް ހުއްޓި، އުތުރުގެ ވިޔަފާރިވެރިން ބޭނުންވާ މުދާވެސް ގެންނަން ޖެހުނީ މާލެއަށް ކަމުން އުތުރު މީހުންނަށް ގިނަ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީގައި ޕޯޓެއް އޮތަށް އެތަނުގެ އެންމެ ފުރިހަމަ ބޭނުން ނުކުރެވޭ ކަމަށާއި މިފެށުނު ކާގޯ ފެރީގެ ސަބަބުން ޕޯޓް ޕޯޓް ތަރައްޤީ ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

އުތުރުގެ ރައްޔިތުން ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމަކީ ރައީސް ސޯލިޙްގެ ވައުދެއް ކަމަށާއި އެކަން އެމަނިކުފާނު ހަޤީގަތަކަށް ހައްދަވައިދެއްވާނެ. ބަނދަރެއް ތަރައްޤީ ކުރާއިރު އެންމެ މުހިއްމު ކަމަކީ އެތަނަކަށް އޮންނަ ޑިމާންޑް. މި މަގުފަހި ކުރެވެނީ އެޕްލެޓްފޯމް. އިތުރަށް ބަނދަރުވެސް ތަރައްޤީ ކުރުމަށް ފަސޭހަވެގެންދާނެ
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލް ލަޠީފު

މިއަދު މި ހާސިލް ކުރެވޭ ކަމަކީ އުތުރުގެ އެންމެހާ ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް ވެގެން ދިޔުން ކަމަށް ސިފަކުރަމުން ޔާސިރު ވިދާޅުވީ އުތުރުގެ ބަނދަރަށް ސީދާ މުދާ ގެނެވޭނެ ގޮތްވުމަކީ ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިފެށޭ ޝެޑިއުލް ކާގޯ ފެރީގެ ސަބަބުން އުތުރުގެ ވިޔަފާރިވެރިންނަށް ވަރަށް ފަހި ފުރުޞަތުތަކެއް ފަހިވެގެންދާއިރުވެސް މިވަގުތު ވިޔަފާރިތަކަށް ދަތިތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް އެދަތިތައް ހައްލުކޮށް އިންޑިޔާގެ ވިޔަފާރިތަކާއި އުތުރުގެ ވިޔަފާރިވެރިން ގުޅާލަދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ.

މިކަމުގެ ހެޔޮ މަންފާ ފެނިގެންދާނީ އިންޑިޔާގެ ވިޔަފާރިވެރިންނާއި ދިވެހި ވިޔަފާރިވެރިންގެ ގުޅުން ބަދަލިވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ކުރާނެ ފާއިދާއަކީ ތަކެތި އަގުހެޔޮކޮށް ލިބުން. އަދި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ޔަޤީން ކަމެއް އަގުހެޔޮކޮށް ކޮންމެ މަހަކުވެސް ތަކެތި ލިބިގެންދާނެ ކަމަށް، އުތުރުގެ އިތުރު ފަރާތްތަކުން ވިޔަފާރިތަކަށް ވަނުމުގެ ފުރުޞަތުވެސް މިހުޅުވިގެންދިޔައީ
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލް ލަޠީފު

ވިޔަފާރިތައް ކުރިއަރުވައިގެން ގައުމު ތަރައްޤީ ކުރުމަކީ އެމްޑީޕީގެ ވެސް ވިސްނުންކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އުތުރަށް އިމްޕޯޓް ކުރާ ނިސްބަތް އިތުރުކޮށް މީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް މެމްބަރު ޔާސިރު ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް