ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 14:26
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ
ރާއްޖެއެމްވީ
ކޮވިޑް-19
މާމެންދޫން ކުޑަކުދިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
 
ޕޮޒިޓިވްވީ 4 އަހަރުގެ ކުއްޖަކާއި 2 މަސް ނުވާ ތުއްތު ކުއްޖެއް
 
ދެކުދިން ޕޮޒިޓިވްވިކަން އެނގުނީ ކޮވިޑް ފެސިލިޓީއަށް ގެންގޮސް ގެދި ޓެސްޓުތަކަށްފަހު
 
އާއިލާގައި ހިމެނެނީ ޖުމްލަ 7 މެންބަރުން

ގއ. މާމެންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އާއިލާގައި ހިމެނޭ ތުއްތު ދެ ކުއްޖަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.

މާމެންދޫން ޕޮޒިޓިވްވި ތުއްތު ދެކުދިންނަކީ މި މަހުގެ 13 ވަނަ ދުވަހު މާލެއިން އެރަށަށް ބަދަލުވެ ހޯމް ކަރަންޓީނުގައި ތިބި އާއިލާގައި ހިމެނޭ ދެ ކުދިންނެވެ. އެ އާއިލާގައި ޖުމްލަ 7 މެންބަރުން ހިމެނޭއިރު އޭގެތެރެއިން 5 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ހުކުރު ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ދެކުދިން އޭރު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އެކުދިން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހުކުރު ދުވަހުގެރޭ ފަތިހު ގއ. ވިލނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށް ހެދި ޓެސްޓުތަކަށްފަހުއެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 4 އަހަރު އަހަރުގެ ކުއްޖަކާއި 2 މަސް ނުފުރޭ ތުއްތު ކުއްޖެކެވެ.

ގއ. ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަހުމަދު ރާއްޖެއެމްވީއަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެގެން ހައި ރިސްކު ދެމަފިރިންނާއެކު ތުއްތު ދެ ކުއްޖަކު ވެސް ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެނެވުނު ކަމަށާއި އަދި އެ ދެކުދިން ކޮވިޑަށް ޓެސްޓުކުރުމުން ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވެފައި ވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގައި ހިމެނޭ ދެކުދިންނަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ވަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނު ކަމަށެވެ.

ގއ. އަދި ގދ. ރީޖަންގައި ކޮވިޑަށް ފަރުވާދޭ ފެސިލިޓީ ގާއިމުކޮށްފައިވާ ވިލިނގިލީ ކޮވިޑް ފެސިލިޓީގައި މިހާރު ވެސް 8 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވިލިނގިލީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
90%
0%
10%
0%
ކޮމެންޓް
26 ސެޕްޓެންބަރ 2020 | ހޮނިހިރު 20:45
ހަނަނުކަން
ވިލިނގިލި ހޮސްޕިޓަލެއްނޫން. އަތޮޅު ހޮސްޕިޓަލް