ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 12:35
މި ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދޭ
މި ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދޭ
ރޮއިޓަރސް
ކޮވިޑް-19
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 140،000ން މައްޗަށް!
 
މިއީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމު
 
މިއީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ގައުމު

ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 140,000ށް ވުރެ މައްޗަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވި 729 މީހުންނާއެކު، އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 141،729ށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން ބްރެޒިލްއިން މަރުވި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، އެ ޤައުމުން މި ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ.

މިގޮތުން މިފާއިތުވި 24 ގަޑިއިރުތެރޭވެސް އިތުރު 31911 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓް ތަކުން ބުނެއެވެ. އަދި މިއަދާއެކު ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4,6931911ށް އަރާފައެވެ. ބްރެޒިލް އަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެ، މި ބަލީގައި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

212 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލްއަށް, ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެ ޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލްއަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް