ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 11:49
ޖަޕާން އާއި އިންޑިއާގެ މެރިޓައިމް އެކްސަޒައިޒް މިހާރު ވަނީ ފަށާފައެވެ.
ޖަޕާން އާއި އިންޑިއާގެ މެރިޓައިމް އެކްސަޒައިޒް މިހާރު ވަނީ ފަށާފައެވެ.
ޓްވިޓަރ
ޖަޕާން-އިންޑިއާ
ޖަޕާން އާއި އިންޑިއާ އިން މެރިޓައިމް އެކްސަޒައިޒް އެއް ފަށައިފި
 
ޕްރޮގްރާމް ކުރިއަށް ގެންދާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން
 
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ ދުވަހަށް
 
މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދާނީ އިންޑޯ ޕެސިފިކް ޑިވެލޮޕްމެންޓް ޔުނިޓް (އައިޑީޕީ) އަދި ޖޭއެސް ކަގަ އާއި ޖޭއެސް އިކަޒުޗި އާއި އިންޑިއަން ނޭވީ ގުޅިގެން

ޖަޕާން އާއި އިންޑިއާއިން މެރިޓައިމް އެކްސަޒައިޒްއެއް ފަށައިފިއެވެ.

އިންޑިއާގައި ހުންނަ ޖަޕާނުގެ އެމްބަސީން މައުލޫމާތުދޭ ގޮތުން މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދާނީ އިންޑޯ ޕެސިފިކް ޑިވެލޮޕްމެންޓް ޔުނިޓް (އައިޑީޕީ) އަދި ޖޭއެސް ކަގަ އާއި ޖޭއެސް އިކަޒުޗި އާއި އިންޑިއަން ނޭވީ ގުޅިގެންނެވެ.

ޖިމެކްސްގެ ނަމުން ނަން ދީފައިވާ މި މެރިޓައިމް އެކްސަސައިޒް އަކީ ޖަޕާން އަދި އިންޑިއާގެ ޓެކްނިކަލް ކޭޕޭބިލިޓީސް އިތުރުކުރުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށް ޖަޕާން އެމަބަސީން ފާހަގަކުރެއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޖާޕާން އާއި އިންޑިއާ ނެވީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށްވެސް އެ އެމްބަސީން ފާހަގަކުރެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ޖަޕާނުގެ ޖޭއެސް ކަގަ އާއި ޖޭއެސް އިކަޒުޗިގެ އިތުރުން، އިންޑިއަން ނެވީގެ އައިއެންއެސް ޗެންނާއި، އައިއެންއެސް ޓާކަޝް އަދި އައިއެންއެސް ދީޕަކްގެ އިތުރުން އެއާކްރާފްޓް ޕީ-81 އަދި މިގް 29K ބައިވެރިވާނެއެވެ.

މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ޓެކްޓިކަލް އެކްސަސައިޒްތައް ކުރިއަށް ގެންދާއިރު، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
50%
0%
0%
0%
ކޮމެންޓް