ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 02:53
އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ސުބްރަމަނިއަމް
އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ސުބްރަމަނިއަމް
ޓްވިޓަރ
ބާލަ ސުބްރަމަނިއަމް މަރުވުން
އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ބާލާ ސުބްރަމަނިޔަމް މަރުވެއްޖެ
 
ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުން
 
މަރުވީ އުމުރުން 74 އަހަރުގައި

އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ބާލާ ސުބްރަމަނިއަމް މަރުވެއްޖެއެވެ.

އުމުރުން 74 އަހަރުގެ ބާލަ ސުބްރަމަނިޔަމް މަރުވީ ހުކުރު ދުވަހު ޗެންނާއީގެ އެމްޖީއެމްގެ ހެލްތް ކެއާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

އެ ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރީ ނިއުމޯނިއާގެ އަލާމާތްތައް ފެނިގެންނެވެ. އެޑްމިޓްކުރުމަށް ފަހު ހެދި ޓެސްޓުތަކުން ސުބްރަމަނިއަމް ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ހެދި ޓެސްޓުތަކުން ސުބްރަމަނިއަަމް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކޮވިޑަށް ނެގެޓިވްވީ ނަމަވެސް އޭނާގެ ހާލު ގޯސްވެ ފަރުވާ ހޯދަމުން ދިޔައީ މެޝިނުގެ އެހީގައެވެ.

ސުބްރަމަނިއަމްގެ 50 އަހަރުގެ މިއުޒިކީ ކެރިއަރުގައި އޭނާ ވަނީ ގިނަ އެވޯޑްތައް ހާސިލްކޮށްފައެވެ. އޭނާ ވަނީ 16 ބަހަކުން 40،000 އަށް ވުރެ ގިނަ ލަވަކިޔާ ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައެވެ. ސުބްރަމަނިއަމް މަރުވުމާއި ގުޅިގެން އިންޑިއާގެ ސެލެބްރިޓީން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ. ފަންނާނުން ބުނާ ގޮތުން ސުބްރަމަނިއަމްގެ ވަކިވެގެން ދިޔުމަކީ އިންޑަސްޓްރީ އަށް ލިބުނު ގެއްލުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
0%
0%
50%
ކޮމެންޓް