ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 02:50
ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ސްޕޮޓްނިކް ވީ ވެކްސިން މީހެއްގެ ގަޔަށް ޖެހުމަށް ނަރުހަކު ތައްޔާރުވަނީ
ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ސްޕޮޓްނިކް ވީ ވެކްސިން މީހެއްގެ ގަޔަށް ޖެހުމަށް ނަރުހަކު ތައްޔާރުވަނީ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ރަޝިޔާގެ ކޮވިޑް-19 ވެކްސިންގެ ޑޯޒްތަކެއް އުފެއްދުމަށް އިރާނާއެކު މަޝްވަރާކުރަނީ
 
މިކަމާއި ގުޅޭގޮތުން އާރުޑީއައިއެފުން ވަނީ ވާހަކަދެއްކުމަށް ދެކޮޅު ހަދާފަ
 
ރަޝިޔާގެ ނޫސްތަކުން ބުނެފައިވަނީ އާރުޑީއައިއެފް އާއެކު އިރާނުން ވާހަކަތައް ކުރިޔަށް ގެންދާ ކަމަށް
 
މިހާތަނަށް އައިއިރު ކަޒަކިސްތާނާއި ބްރެޒިލްގެ ދެ ސްޓޭޓެއް އަދި އިންޑިޔާ އަށް ވެކްސިން ސަޕްލައި ކުރުމަށް ރަޝިޔާއިން ވަނީ އެއްބަސްވެފައި

ރަޝިޔާއިން ކޮވިޑް-19 އިން އުފެއްދި ވެކްސިންގެ ޑޯޒްތަކެއް އުފެއްދުމަށް އިރާނާއެކު ރަޝިޔާގެ ސޮވެރިން ވެލްތު ފަންޑުން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް މޮސްކޯއަށް އިރާނުން ކަނޑައަޅާފައި ހުންނަ ސަފީރާ ހަވާލާދީ ރަޝިޔާގެ ނޫސްތަކުން ބުނެފި އެވެ.

ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރުޑީއައިއެފް)ގެ ހެޑް ކްރިއެލް ޑިމިޓްރެއިވް މީގެކުރިން ވަނީ ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކަމުގައިވާ ސްޕޮޓްނިކް ވީ ގެ އިތުރު ޑޯޒްތައް ރަޝިޔާ ނޫން އެހެން ގައުމުތަކުގައި އުފެއްދުމަށް އެކި ގައުމުތަކާއި ވާހަކަދައްކަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން ރަޝިޔާ އާއި އިންޑިޔާއިން ވަނީ ވެކްސިންގެ 300 މިލިއަން ޑޯޒް އިންޑިޔާގައި އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އިރާނުން މޮސްކޯއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޚަޒެމް ޖަލަލީ އާ ހަވާލާދީ ރަޝިޔާގެ ނޫސްތަކުން ބުނެފައިވަނީ އާރުޑީއައިއެފް އާއެކު އިރާނުން ވާހަކަތައް ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން ޑިމިޓްރެއިވް އާއެކު އެކި ފަހަރުމަތިން ކުރިޔަށް ގެންދިޔަ ބައްދަލުވުން ތަކަށްފަހު ވެކްސިންގެ ޑޯޒްތައް އުފެއްދުމުގައި އެއްބާރުލުންދޭނެ ކަމަށް މިހާރު ރަޝިޔާއަށް އަންގާފައިވާ ކަމަށް ޖަލާލީ ވަނީ ބުނެފައެވެ.

އެގޮތުން އިރާނުން ދެ ތިން ދާއިރާއެއްގައި ރަޝިޔާއަށް ވެކްސިން އުފެއްދުމުގައި އެއްބާރުލުން ދޭން އެއްބަސްވެފައިވާ ކަމަށް ޖަލާލީ ބުނެއެވެ. އޭގެތެރޭގައި ރަޝިޔާ އާއި ގުޅިގެން ވެކްސިންގެ އިތުރު ޑޯޒްތަކެއް ތައްޔާރުކުރުން ހިމެނޭކަމަށް ޖަލާލީ ބުންޏެވެ. އަދި އިރާނުގައި އެފަދަ ގާބިލްކަން އެބަހުރި ކަމަށްވެސް ޖަލާލު ބުނެއެވެ.

އެހެންނަމަވެސް މިޒާތުގެ އެއްވެސް ވާހަކަތަކެއް އިރާނާއެކު ކުރިޔަށްދާ ކަމާއި ގުޅޭގޮތުން އާރުޑީއައިއެފުން ވަނީ ވާހަކަދެއްކުމަށް ދެކޮޅު ހަދާފައެވެ. އާރުޑީއައިއެފުން އަންނަނީ ފާއިތުވި ހަފްތާތަކުގައި އެކި ގައުމުތަކާއެކު ވެކްސިން ސަޕްލައި ކުރުމުގެ ވާހަކަތައް ދައްކަމުންނެވެ.

އެގޮތުން މިހާތަނަށް އައިއިރު ކަޒަކިސްތާނާއި ބްރެޒިލްގެ ދެ ސްޓޭޓެއް އަދި އިންޑިޔާގެ އަމިއްލަ ފަރމަޝޫޓިކަލް ކުންފުންޏަކާއެކު ވެކްސިންގެ ޑޯޒްތައް ދިނުމަށް އެއްބަސްވުމަކާ ހަމައަށް ރަޝިޔާއިން ވަނީ އައިސްފަ އެވެ.

އާރުޑީއައިއެފުން ވަނީ އުޒްބެކިސްތާނުގެ ފަރމަޝޫޓިކަލް ކުންފުންޏަކަށް 35 މިލިއަން ޑޯޒް ދިނުމަށްވެސް އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް