ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 23:02
އެލެކްސީ ނަވަލްނީ - ރަޝިޔާގެ އިދިކޮޅު ލީޑަރު
އެލެކްސީ ނަވަލްނީ - ރަޝިޔާގެ އިދިކޮޅު ލީޑަރު
އިންސްޓަގްރާމް
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ
ފުރާނަ ސަލާމަތް ކޮށްދެއްވި ޕައިލެޓުންނަށް ނަވަލްނީގެ ޝުކުރު
 
ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު
 
ނަވަލްނީގެ ހާލުކޮޅު މިހާރު ރަނގަޅު
 
އެމަޖެންސީގައި ޖެއްސީ، ފްލައިޓްގެ ޕައިލެޓުންގެ ކުޅަދާނަ ކަމުން

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވެ އެމަރޖެންސީގައި އޭނާ ދަތުރު ކުރައްވަމުން ގެންދެވި ފްލައިޓް ލޭންޑް ކުރި ޕައިލެޓުންނަށް ނަވަލްނީ ޝުކުރު އަދާކުރައްވައިފިއެވެ.

ނަވަލްނީ ވިދާޅުވީ އޭނާގެ ހާލުކޮޅު ގޯސްވެ ކުއްލި ގޮތަކަށް ފްލައިޓް އެމަރޖެންސީގައި ޖެއްސީ، ޕައިލެޓުންގެ ކުޅަދާނަ ކަމުން ކަމަށާއި، އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނީ އެ ޕައިލެޓުން ކަމަށެވެ. އަދި މިހާރު އެއީ އޭނާގެ ރަހުމަތްތެރިން ކަމަށް ވެސް ނަވަލްނީ ވިދާޅުވިއެވެ.

ނަވަލްނީގެ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، ކުރިޔާ އަޅާ ބަލާއިރު މިހާރު ހާސް ބައި ރަނގަޅު ކަމަށް ބުނެފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. ރަޝިޔާގެ ހޮސްޕިޓަލުގައި ދެ ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ އަށް ނަވެލްނީ ޖަރުމަންވިލާތަށް ވަޑައިގެން، މިހާރު ވެސް ފަރުވާ ހޯއްދަވަނީ އެ ގައުމުގެ ހޮސްޕިޓަލެއްގައެވެ.

ނަވަލްނީގެ ސަޕޯޓަރުންގެ އިތުރުން ޔޫރަަޕްގެ ލީޑަރުން ބުނާ ގޮތުން އޭނާ އަށް ވިހަ ދީފައިވަނީ ރަޝިޔާގެ ސަރުކާރުގެ އޯޑަރަށެވެ. ރަޝިޔާ އިން ބުނީ އެ މީހުން ހެދި ޓެސްޓުތަކުން ނަވަލްނީގެ ހަށިގަނޑުން ވިހައިގެ އަސަރު ފެނިފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް