ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 02:58
ޓައިމްސް ސްކޮޔާރ
ޓައިމްސް ސްކޮޔާރ
ޑެއިލީ މެއިލް
ނިއު އިޔާރ
ވިހިވިއްސަށް އަލްވަދާއު ކިޔާނީ ކުލަގަދަ ހަފްލާއެއް ނުބާއްވާ!
 
114 އަހަރު ފަހުން މިގޮތައް މި ހަރަކާތް ބޭއްވޭ ފުރަތަމަ ފަހަރު
 
މިފަހަރު ބާއްވާނީ ވާޗުއަލްކޮށް
 
މިލިއަނެއްހާ މީހުން 31 ޑިސެންބަރުގައި ޓައިމްސް ސްކޮޔާރ ކައިރީ ފާހަގަކުރަމުންދެ

މިތަނަކީ ފަތުރުވެރީން ވަރަށް ގަޔާވާ މަންޒިލެކެވެ. ކާރޯބާރު ބޮޑު ތަނެކެވެ. ޝޮޕިންގް މޯލްތަކާއި މުނިފޫހިފިލުވުމުގެ އެކިއެކި ކަނަތައްތައް ކުރިޔަށްގެންދާ ތަނެކެވެ. ބިލްބޯޑް ތަކުންނާއި އެކިއެކި އިޝްތިހާރުތަކުން ދިއްލާލަިފައިވާ ތަނެކެވެ. އެކިއެކި މުނާސަބަތުތަށް ކުލަގަދަކޮށް ފާހަގަކުރާ ތަނެކެވެ. މިތަނަކީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ ޓައިމްސް ސްކުއެއާއެވެ.

މިތަނުގައި 1907 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އައު އަހަރު ފާހަގަ ކުރަމުންދެއެވެ. އައު އަހަރުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން މިލިއަނެއްހާ މީހުން 31 ޑިސެންބަރިގައި ނިއުޔޯކް ސިޓީގެ މެންހެއްޓަންގައި ހުންނަ ޓައިމްސް ސްކުއެއާއާ ކައިރީ މަގުތަކަށް ނިކުމެ ފާހަގަކުރަމުންދެއެވެ. އަދި ބިލިއަނެއްހާ މީހުން ޓީވީގެ ޒަރިއްޔާއިން ވަގުތުން މަންޒަރުތައް ބަލައެވެ.

އެހެންނަމަވެސް ކޮންމެ 31 ޑިސެންބަރެއްގައި ފާހަގަކުރަމުން އަންނަ އައު އަހަރުގެ މިކުލަގަދަ ހަފްލާ އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު ބާއްވާނީ ވާޗުއަލްކޮށްކަމަށް ޓައިމްސް ސްކުއެއާގައި މި ހަފްލާ ރާވައި ހިންގަމުން އަންނަ ޓައިމްސް ސްކުއެއާ އެލައިއަންސްއިން ބުނެފައިވެއެވެ. އެހެންކަމުން މިކަން ވެގެންދާނީ 114 އަހަރު ފަހުން މިގޮތައް މި ހަރަކާތް ބޭއްވޭ ފުރަތަމަ ފަހަރުއެވެ.

ނިއު ޔިއޫ ޔޯރކް ސިޓީ ޓައިމްސް ސްކޮޔާރ

ނިއުޔޯކް ގެ ޓައިމްސް ސްކެއާގައި ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ އައު އަހަރުގެ ކުލަގަދަ ހަފްލާ ވާޗުއަލްކޮށް ބާއްވަން ނިންމާފައި މިވަނީ ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާވައިރަސް ގެ ސަބަބުން މަގުތަކުގައި މީހުން ނިކުމެ ތޮއްޖެހުން އިތުރުވެ މިބަލި ބޮޑަށް ފެތުރިގެންދާނެކަމުގެ ބިރު ހީވެފައި އޮތުމުންމެވެ.

ޓައިމްސް ސްކުއެއާ އެލައިއަންސްގެ ރައީސް ޓިމް ޓޮޕްކިންސް ނިއުޔޯކް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިފަހަރު ހަފްލާގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގައިދުރުކޮށް ކަމަށާއި މިއީ ދުރަށްދެއްކުމަށް ކުރިޔަށްގެންދާ ބްރޮޑްކާސްޓް އަދި ސްޓްރީމިން އޯޑިއަންސްއަށް ހާއްސަކޮށް ބާއްވާ ހަފްލާއެއްކަމުން މަގުތަކުގައި މިކުޅިބަލަން ނުތިބެވޭނެކަމަށެވެ.

31 ޑިސެންބަރުގައި ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމްންޓުން ޓައިމްސް ސްކުއެއާ ސަރަހައްދު އެއްކޮށް ކޯޑޮންކޮށް ބަންދު ކުރެވިގެންދާނެއެވެ. މިތަނަށް ވަދެވިގެންދާނީ ހުއްދަ ލިބިފައިވާ ބްރޮޑްކާސްޓް ކުރުމަށް ބޭނުންވާ މަދު މީހުންކޮޅަކަށް ކަމަށް މިހަރަކާތް އިމްތިޒާމްކުރާ ޓައިމްސް ސްކުއެއާ އެލައިއަންސްއިން ބުނެއެވެ.

އައު އަހަރުގެ ކަންތައްތައް އިންތިޒާމްކުރާ ފަރާތްތަކުންވަނީ މިހަރަކާތްތައް ދުރަށްދެއްކުމަށްޓަކައި އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހަރަކާތްތައް ބަލާލެވޭނެއެވެ.

ނިއުޔޯކް ސިޓީ މޭޔަރ ބިލް ޑެ ބްލާސިއޯ އިންތިޒާމްތައް ކުރިޔަށް ގެންދާގޮތާއިމެދު ތައުރީފްކޮށް ބުނެފައިވަނީ އައު އަހަރަކީ އައު ފެށުމެއްކަމަށާއި އަދި މި ހަރަކާތްތައް ކުރިޔަށް ގެންދާތީ އުފާކުރާކަމަށެވެ. އަދި އެތަކެއް އަހަރެއްވެފައިވާ މި ސަގާފަތް މެދުކެނޑުމެއްނެތި ރައްކާތެރި ކްރިއޭޓިވް އަދި އިނޮވޭޓިވް ގޮތެއް ކަނޑައެޅީތީ ޝުކުރުވެރިވާކަމަށެވެ.

ނިއުޔޯކް ސިޓީ މޭޔަރ ބިލް ޑެ ބްލާސިއޯ

އެމެރިކާގެ ނިއުޔޯކް ސިޓީގައި 450000 ށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު މި ބަލި ޖެހިގެން 32000 ށްވުރެ ގިނަ މީހުން ދުނިޔެދޫކޮށްފައިވެއެވެ. އެހެންކަމުން ކޮވިޑް 19ގެ މި ބަލިމަޑުކަމުގައިވެސް އައު އަހަރުގެ ހަރަކާތް ވާޗުއަލްކޮށް ރާވައި ކުރިޔަށް ގެންދާކަމީ މިދަނޑިވަޅުގައި އުފާކުރަންޖެހޭކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
0%
0%
33%
ކޮމެންޓް