ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 14:37
އެމިރޭޓްސް އެއާލައިންގެ ފްލައިޓެއް
އެމިރޭޓްސް އެއާލައިންގެ ފްލައިޓެއް
އެމްއޭސީއެލް
އެމިރޭޓްސް އެއާލައިންގެ ދަތުރުތައް
އޮކްޓޫބަރު މަހުން ފެށިގެން އެމިރޭޓްސްގެ ދަތުރުތައް 92 މަންޒިލަކަށް
 
އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު މޮރިޝަސް އަށް ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައި
 
ސައުތު އެފްރިކާގެ ޑާރބަން އަށް ދަތުރުތައް ފަށަނީ އޮކްޓޫބަރު ހަތަރެއް ގައި
 
އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ދަތުރުތައް ފަށަނީ ސައުތު އެފްރިކާގެ ޖޮހެންސްބާގް އަދި ކޭޕް ޓައުން އަދި ޒިމްބާބުވޭގެ ހަރާރޭ އަށް
 
އަލަށް ދަތުރުތައް ފަށަނީ އެފްރިކާގެ ފަސް މަންޒިލަކަށް

އެމިރޭޓްސް އެއާލައިން އިން އޮކްޓޫބަރު މަހު އެފްރިކާގެ އިތުރު ފަސް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އޮކްޓޫބަރު މަހު އެފްރިކާގެ އިތުރު ފަސް މަންޒިލަކަށް އެމިރޭޓްސްގެ ދަތުރުތައް ފެށުމާއި އެކު އެމިރޭޓްސް އިން ދަތުރުކުރަމުން އަންނަ މަންޒިލުތަކުގެ އަދަދު 92 ކަށް އަރާނެއެވެ.

އެގޮތުން ސައުތު އެފްރިކާގެ ޖޮހެންސްބާގް އަދި ކޭޕް ޓައުންއަށް އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ދަތުރުތައް ފަށަން ހަމަޖެހިފައިވާ އިރު، އެގައުމުގެ ޑަރބަންއަށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މީގެ އިތުރުން ޒިމްބާބުވޭގެ ހަރާރޭއަށް އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު އެމިރޭޓްސްގެ ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައެވެ. އަދި މޮރިޝަސްއަށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

އެމިރޭޓްސްއިން ދަތުރުކުރާ މަންޒިލްތައް އިތުރުކުރަން ފަށާފައިވާ އިރު، އެ އެއާލައިނުން ވަނީ ކޮވިޑް-19 ގެ ސަބަބުން އުދުހުންތައް މަޑުޖައްސާލާފައެވެ. އެގޮތުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ވެސް މަޑު ޖައްސާލާފައި އޮތުމަށް ފަހު މިހާރު ވަނީ އަލުން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް