ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 13:54
ެއެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް އަދި މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ގައްސާނު މައުމޫން
ެއެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް އަދި މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ގައްސާނު މައުމޫން
ރާއްޖެ އެމްވީ
އިދިކޮޅުން ކޯލިޝަން
ޝިޔާމާއި ގައްސާނު ޕާކިސްތާނަށް ވަޑައިގެން ރާއްޖެއަށް ކަނޑުމަގުން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރަން މަޝްވަރާކޮށްފި
 
އިދިކޮޅު ކޯލިޝަނުން ބޭނުންވަނީ، އިންޑިއާއިން މިސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭތީ، ޕާކިސްތާނާއި ޗައިނާ ބޭނުންކޮށްގެން މިސަރަހައްދު ގަނޑުބަޑު ކުރަން ކަމަށް ބައެއް ފަރާތްތަކުން ބުނޭ
 
ޕާކިސްތާނާއި ޗައިނާ އަކީ ގުޅުން ބޮޑު ދެގައުމު ކަމަށްވާއިރު، އެ ދެގައުމާއި އިންޑިއާ އާ ދެމެދު ހަމަނުޖެހުންތައް ބޮޑު
 
މިމަހުގެ 22 ވަނަ ދުވަހު ޕާކިސްތާން ނޭޝަނަލް ޝިޕިންގ ކޯޕަރޭޝަން (ޕީއެންއެސްސީ)ގެ ހެޑް އޮފީހަށް ވަޑައިގެން، ރާއްޖެއާ ޕާކިސްތާނާ ދެމެދު ދަތުރުކުރެވޭނެ ގޮތްތަކެއް އޮތްތޯ މަޝްވަރާ ކުރެއްވި
 
ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމާއި ގައްސާން ހިމެނޭގޮތަށް ރާއްޖޭގެ ފަސް ވިޔަފާރި ވެރިޔަކު މިބައްދަލުވުމުގައި ބައިވެރިވި ކަމަށް ބުނޭ

އެމްއެންޑީއެފްގެ ކުރީގެ ޗީފް ޗީފް އޮފް ޑިފެންސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމް (ރިޓަޔާރޑް) އާއި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ގައްސާނު މައުމޫން، ޕާކިސްތާނަށް ވަޑައިގެން ޕާކިސްތާނާއި ރާއްޖެއާ ދެމެދު ކަނޑުމަގުން ފެރީ ހިދްމަތް ދިނުމުގެ މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ބިޒިނަސް ރެކޯޑަރއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، ކޮންސިއަރޖް ގްރޫޕް އޮފް މޯލްޑިވްސްގެ ޗެއަރމަން، މޭޖަރ ޖެނަރަލް (ރިޓަޔާރޑް) ޝިޔާމާއި ގައްސާނު މައުމޫނު ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ވިޔަފާރިވެރިންތަކެއް ވަނީ މިމަހުގެ 22 ވަނަ ދުވަހު ޕާކިސްތާން ނޭޝަނަލް ޝިޕިންގ ކޯޕަރޭޝަން (ޕީއެންއެސްސީ) ގެ ހެޑް އޮފީހަށް ވަޑައިގެން، ކަނޑުމަގުން ޕާކިސްތާނުގެ ކަރާޗީ އާއި ސްރީލަންކާގެ ކޮލަމްބޯ އަދި ދިވެހިރާއްޖެއާ ދެމެދު ފެރީ ނިޒާމަކުން ގުޅާލުމުގެ މަޝްވަރާތަކެއް ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ޕާކިސްތާނުގެ ހައިކޮމިޝަނަރ ވައިސް އެޑްމިރަލް އަތަރ މުޚްތަރް (ރިޓަޔާރޑް) ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިމަޝްވަރާގައި ޕީއެންއެސްސީގެ ޗެއަރމަން ޝަކީލު އަހުމަދު މެގްނެޖޯ އާއި އެގްޒެކިއުޓިވް ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑައިރެކްޓް ޝިޕިންގ ހިދްމަތް ފޯރުކޮށްދެވޭނެ ގޮތަކާމެދު ފުޅާދާއިރާއެއްގައި އެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެއެވެ. މައިގަނޑު ބޭނުމަކީ ދެ ގައުމަށް ބޭނުންވާ ކާބޯތަކެއްޗާއި، އާއްމު ބޭނުމަށް ބޭނުންވާތަކެތި ދެ ގައުމުގެ މެދުގައި ގާއިމު ކުރެވޭ، މި ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ފޯރުކޮށްދިނުން ކަމަށް ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ނިސްބަތްވާ އަދި އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ އިސްވެރިންތަކެއް، ޕާކިސްތާނަށް ވަޑައިގެން، ޕާކިސްތާނާއި ރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލަން މަޝްވަރާ ކުރައްމަމުންގެންދަވާއިރު، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ މެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދާދިފަހުން ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީ ނިޒާމަކުން ގުޅާލައި، ފުރަތަމަ ދަތުރު ފަށާފަ އެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ ޕާކިސްތާނާއި ޗައިނާއާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނާއި ޗައިނާއަކީ ގުޅުން ބޮޑު ދެ ގައުމެވެ. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރުވެސް މި ދެ ގައުމާ ގާތް ގުޅުމެއް ބާއްވާފައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
2%
51%
1%
37%
6%
2%
ކޮމެންޓް
27 ސެޕްޓެންބަރ 2020 | އާދީއްތަ 10:12
މތޒއހދ
ހަތިޔާރު އުކުލަށް
27 ސެޕްޓެންބަރ 2020 | އާދީއްތަ 09:06
ގުއިއްޒު
ތިއުޅެނީ މަސްތުވާތަކެތި އެތެރެ ކުރާނެ ރަނގަޅު ނިޒާމެއް ގާއިމުކޮށް އެތަކެތި ވިއްކަން ވިޔަފާރީގެ ބޮޑު މަޝްރޫޢެއް ފަށަން
26 ސެޕްޓެންބަރ 2020 | ހޮނިހިރު 10:19
މުހައްމަދު
އަފިހުން ގެން ނަންތަ؟
25 ސެޕްޓެންބަރ 2020 | ހުކުރު 19:57
ފުނަމާ
ވެރިކަން ބަދަލުވީތަ؟