ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 11:46
މަސްވެރިކަމަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިނާއަތް
މަސްވެރިކަމަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިނާއަތް
ފިޝަރީސް މިނިސްޓްރީ
މިފްކޯ
މިފްކޯގެ މިސްރާބު ހުރީ މަސްކިރުވަން އޮންލައިން ޕްލެޓްފޯމަކަށް ދިއުމަށް: ފައުޒީ
 
މަސްވެރިންނަށް ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެ މި އެޕްލިކޭޝަނުން
 
މިއެޕްލިކޭޝަން ނޮވެމްބަރު ފަހުކޮޅު ޓެސްޓްކުރާނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މިސްރާބް ހުރީ މަސްވެރިން ބާނާ މަސްކިރުވަން އޮންލައިން ޕްލެޓްފޯމަކާއި ދިމާލަށް ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ ޒާމަނަށް އަންނަ ބަދަލާއި އެކު މަސްވެރިކަމުގެ ސިނާއަތުގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް، އަދި މަސްވެރިންނާއި ގުޅިގެން ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި އޮންލައިން ޕްލެޓްފޯމަކަށް މިސްރާބް ޖަހާފައިވާ ކަމަށެވެ.

އެގޮތުން އެކުންފުނިން މިހާރު ކުރަމުންދާ މަސައްކަތަކީ އެޕްލިކޭޝައެއް ތައްޔާރުގެ މަސައްކަތް ކަމަށާއި އެހެންކަމުން މިއަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅު މިއެޕްލިކޭޝަން ޓެސްޓް ކުރަން ފައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރަމުން ފައުޒީ ވިދާޅުވީ އެގޮތުން މިހާރު މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުވެ، މިއެޕްލިކޭޝަނުން މަސްވެރިންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

އެގޮތުން މަސްބާނައިގެން މަސްކިރުވުމަށް އަންނައިރު އެންމެ ކައިރިން މަސްކިރުވޭނެ ކެޕޭސިޓީ ހުރީ ކޮން ބޯޓެއްގައި ކަމާއި މަސްކިރުވާ ބޯޓް އޮންނަ ލޮކޭޝަންއާއި އަދި ކިޔުގައި ނުޖެހި މަސްކިރުވޭނެ ރަނގަޅު އިންތިޒާމްތަކެއް މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ފެނާއި، ތެޔޮ އަދި މިފްކޯގެ ފިހާތަކުން ކްރެޑިޓް ސްކީމަށް ތަކެތި ބައްލަވައިގަނެވޭނެ ކަމަށާއި މިއީވެސް މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަތް އަހަރަށް ފަހު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ވަނީ ދޫކޮށްލާފައެވެ. މިފްކޯއިން އަގު ކޮންޓްރޯލް ކުރުމަށްފަހު މަސް ގަންނަމުން އައިސްފައިވަނީ 20 ރުފިޔާއަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނައުމުގެ ބާރު މިފްކޯއަށް ލިބިގެންދާނެއެވެ.

މިފްކޯއިން ފާއިތުވި 7 ވަރަކަށް އަހަރު މި ދިޔައީ މަހުގެ އަގު ފިކްސް ކޮށްގެން. މާނައަކީ ބަޒާރުގެ މަހުގެ އަގާއި އެއްކޮށެއް ނޫން އަޅުގަނޑުމެންނަށް މި ދެވުނީ. އަޅުގަނޑުމެން މި ދިޔައީ ފިކްސްކޮށްގެން. މިފްކޯއަށް ވެސް ވަރަށް ދަތި. މަހުގެ އަގު ބަޒާރުގައި އެއިރު ހުންނަ ބަލަކަމުގައި ވާނަމަ އަޅުގަނޑުމެންނަށް ކޭޝް ފްލޯ ވެސް މެނޭޖް ކުރެވޭނެ. ފައިސާ ނުދެވި ދަތިތަކެއް ދިމާވިޔަސް އެ މަގުން އަޅުގަނޑުމެންނަށް ދެވުނީމަ. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން މި ބަދަކުކުރަނީ ފްލޯޓިންގ ޕްރައިސް މެކޭނިޒަމަކަށް. އެހެންވީމަ އެއިރު އޮންނަ ބަޒާރުގެ އަގަކަށް އަޅުގަނޑުމެން ކުރިއަށްދާނީ
އިސްމާއިލް ފައުޒީ

މިފްކޯއަށް ދިމާވެފައިވާ ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ފައުޒީ ވަނީ ވިފާޅުވެފައެވެ. އެގޮތުން ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސްޓޯރޭޖް އިތުރު ކުރުމުގެ އިތުރުން، ކޫއްޑޫ އާއި ފެލިވަރުގެ ބަނދަރު ތަރައްގީ ކުރެވިގެންދާނެ ކަމަށާއި ކޯލްޑް ސްޓޯރޭޖާއި ކޭނިންގ ކެޕޭސިޓީ ވެސް އިތުރު ކުރެވޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފާއިސާ ދެވޭ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހެދުމަށް މަސައްކަތްތަކެއް ކުރާއިރު އެންމެ ފުރަތަމަ ވެސް ބޭނުންވަނީ އެކަށީގެންވާ ޕްރޮސެސިން ކެޕޭސިޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިހާރު ކޫއްޑޫގައި 2000 ޓަނު އަދި ފެލިވަރުގައި 700 ޓަނުގެ ސްޓޯރޭޖެއް ހުރިއިރު ފެލިވަރުގައި ފްރީޒިން ކެޕޭސިޓީއެއް ނެތް ކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ފެލިވަރުގައި 200 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއް ޤާއިމްކޮށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް