ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 12:31
ސަލްމާން ހާން
ސަލްމާން ހާން
ބިގް ބޮސް
ބިގް ބޮސް ސީޒަން 14 ގެ ފީ ކުޑަކުރަން ސަލްމާން ހުރީ ތައްޔާރަށް!
 
ބިގް ބޮސް ސީޒަން 14 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 3ގައި
 
ސަލްމާންގެ ފީ ކުޑަކުރިޔަސް އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ސަލްމާން ވަނީ ޝޯގެ ޕްރޮޑިއުސަރު ގާތުގައި ބުނެފައި

ކަލާސް ޓީވީން ގެނެސްދޭ މަގްބޫލް ރިއަލިޓީ ޝޯ "ބިގް ބޮސް" ބޮޑު އަގެއްގައި ހޯސްޓްކޮށްދޭ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން މިފަހަރުގެ ސީޒަނުގައި ފީ ކުޑަކޮށްދޭން ތައްޔާރަށް ހުރިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން ދިމާވެފައިވާ ހާލަތުގެ ސަބަބުން ބިގް ބޮސްގެ ޓީމަށް މުސާރަ ދިނުމަށްޓަކައި، ސަލްމާންގެ ފީ ކުޑަކުރިޔަސް އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ސަލްމާން ވަނީ ޝޯގެ ޕްރޮޑިއުސަރު ގާތުގައި ބުނެފައެވެ.

އާންމު ގޮތެއްގައި ސަލްމާން ހޯސްޓްކޮއްދޭ ކޮންމެ އެޕިސޯޑަކަށް 5 މިލިޔަނެއްހާ ރުޕީޒް އޭނާއަށް ލިބެއެވެ. ބިގް ބޮސް ސީޒަން 4 އިން ފެށިގެން ހޯސްޓް ކުރަމުން އަންނަނީ ސަލްމާން ހާންއެވެ.

ބިގް ބޮސް ސީޒަން 14 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 3 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް