ބުދަ 28 އޮކްޓޯބަރ 2020
11 ހެއި
1442 ރަބީއުލް އައްވަލް 11
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:51
އިޝާ 19:04
އިންޑިއާ - ރާއްޖެ ކާގޯފެރީގެ ދަތުރުތައް ފެށުން

ކޮޗިން ފެރީ އަކީ ކުދި ވިޔަފާރިތަކަށް ކުރިއަރަން ލިބޭ ފުރުސަތެއް: މެންބަރު ޖަމްޝީދު

  • ފާޑުކިޔުންތައްވެސް ބަލައިގަންނަން ޖެހޭ: ޖަމްޝީދު
  • ކަސްޓަމަރުންނަށް ޔަގީންކަން ލިބެނޭ
  • އެ ފެރީ ރާއްޖެ ލަފާނީ ހޮނިހިރު ދުވަހު

ކ. މާލެ | 25 ސެޕްޓެންބަރ 2020 | ހުކުރު 01:41 | 3,048

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި - ޝުއައިބް މުހައްމަދު އިގްބާލް

އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުށްޓާއި ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފެށިގެން ދިޔުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރަން ލިބޭނެ ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މި ހަފްތާގެ ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް، ކާގޯ ފެރީ ލަފާއިރަށް މިހާރު ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޖަމްޝީދު ވިދާޅުވީ، ކާގޯ ފެރިއާ އެކު ވިޔަފާރިވެރިން ގެންނަ މުދާ ފަސޭހަ އަދި އަގު ހެޔޮކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކޮޗިންއާ ކުޅުދުއްފުށްޓާއި ދެމެދު މަހަކު ތިން ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް އިންޑިއާއިން އެތެރެކޮށްފައިވާ ތަކެތީގެ ތަފާސް ހިސާބު ހިއްސާ ކުރައްވަމުން ޖަމްޝީދު ވިދާޅުވީ، މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ބާވަތްތަކާއި، ބޭހުގެ ސާމާންތަކުގެ އިތުރުން ގެދޮރު އަޅާ ސާމާނުތައް ވެސް ހިމެނެއެވެ.

މަތި އުތުރުގައި މި ނިޒާމް ގާއިމްކުރުމުގެ ސަބަބުން މުދާ ގެންނަން އަގުހެޔޮވާނެ. މުދާ ގެންނަން ކައިރިވާނެ. ހާއްސަކޮށް ވިޔަފާރިވެރިންނަށް ވިޔަފާރީގެ މަރުކަޒަށް އެ ގެނެވެނީ ސީދާ ބޭރުގެ މުދާ. އެެހެން ކަމުން ކޮންމެ ދުވަހަކު ދުވަހުން ދުވަހަށް ބޭނުންވާ މުދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި އިތުުރު ޔަގީންކަމެއް ލިބިގެންދާނެ.

~ ޖަމްޝީދު މުހައްމަދު - ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު

އެއަށްފަހު އޭނާ ވިދާޅުވީ، ކާގޯ ފެރީ އަކީ ކުޅުދުއްފުށީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެ މީހުންގެ ވިޔަފާރި ކުރިއަރުވަން ލިބިގެންދާނެ ރަނގަޅު ފުުރުސަތެއް ކަމަށެވެ.

އެނގިލައްވާނެ އަތޮޅު ތެރޭގެ ވިޔަފާރިތައް މި އޮންނަނީ ވަރަށް ބޮޑަށް ހުއްޓިފައި ނުވަތަ ކުރިނާރާ. އެ ވިޔަފާރިތައް ކުރިއަރާ ދިޔުމަށްޓަކައި ލިބޭ ފަހި ފުރުސަތުތަކަށް މި ފުރުސަތުވެގެންދާނެ. އެހެންކަމުން އެ ވިޔަފާރިތައް އިހުނަށްވުރެ ފުޅާކުރުމަށްޓަކައި ލިބޭ ފުުރުސަތަކަށް ވެގެންދާނީ.

~ ޖަމްޝީދު މުހައްމަދު - ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު

ކާގޯ ފެރީގެ ސަބަބުން ރާއްޖެއަށް އޭގެ ގެއްލުންވެ ތަކެތީގެ އަގުބޮޑުވެ، މި ނިންމުން ރަނގަޅު ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކަށް ބުނަމުންދާ ބުނުމަށް ޖަމްޝީދު ވިދާޅުވީ، ކޮންމެ މީހަކަށްވެސް އެމީހަކުގެ ނަޒަރުގައި ދެކޭގޮތް ފާޅުކުރުމަކީ އެއި ގޯހެއް ނޫން ކަމަށާއި، އެ ފާޑު ކިޔުންތައްވެސް ބަލައިގަނެ އެހެން ބުނާ ސަބަބު ދެނެގަންނަން ޖެހޭ ކަމަށެވެ.

ޖަމްޝީދު ވިދާޅުވީ، ތަނެއް ކުރިއަރައިގެން ދަނީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް އޮތުމުން ކަމަށެވެ. ފެރީގެ ސަބަބުން އެދެވޭ ކަންތައްތަކުގެ އިތުުރުން ނޭދެވޭ ކަންތައްތައްވެސް އަތުވެދާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ހުރިހާ ކަމަކަށްވެސް ތައްޔާރުވެގެން ތިބުން މުހިއްމު ކަމަށެވެ.

މި ކާގޯ ފެރީއަކީ މުޅިން އަލަށް ރާއްޖެއަށް ފަށައިގަންނަ ފެރީގެ ނިޒާމެކެވެ. މިއީ މުޅިން އައު ކަމަކަށްވެފައި އެކަމުގައި ގިނަ ކަންތައްތައް ހިމެނޭނެ ކަމަށް ޖަމްޝީދު ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިވެ އާއްމު ރައްޔިތުންގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އެކަމުގެ މިސާލު ޖަމްޝީދު ނެންގެވީ މީގެ އަހަރުތަކެއް ކުރިން ބޭރުގެ ބޯޓުތަކުން ކުޅުދުއްފުއްޓަށް މުދާ ބެލުމާއި ގުޅުވައެވެ. އޭނާ ވިދާޅުވީ، އޭރުވެސް ގިނަ އަދަދެއްގެ ބަޔަކަށް އާމްދަނީ ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯފެރީއަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއްކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށެވެ. އެގޮތުން ހޯމަ ދުވަހު ރާއްޖެ އައުމަށް ފުރި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށްކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.