އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ކޮވިޑް-19 ފެތުރުން

ކޭސްތައް މަދުވި ނަމަވެސް ގްރީން ޒޯނަށް ނުދޭ، ފިޔަވަޅުތަކަށް ލުއި ދިނުން ރައްކާތެރިއެއް ނޫން: ޑރ. ޝީނާ

  • އަންލިންކް ކްލަސްޓަރތަކާއި އަންލިންކް ކޭސްތައް މަދު
  • ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކުޑަކޮށް ވެސް ފަރުވާ ކުޑަކޮށްގެން ނުވާނެ
  • ވެކްސިންއެއް ލިބެންދެން ދިރިއުޅެން ޖެހޭނީ ނިއުނޯރމަލްއާ އެއްގޮތަށް

ކ. މާލެ | 25 ސެޕްޓެންބަރ 2020 | ހުކުރު 01:34 | 5,197

ބުރާސްފަތި ދުވަހު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - އެޗްއީއޯސީ

ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވާ ކޭސްތައް މަދުވި ނަމަވެސް ގްރީން ޒޯނަށް އަދިވެސް ނުދާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ ވިދާޅުވީ އަންލިންކް ކްލަސްޓަރތަކާއި އަންލިންކް ކޭސްތައް މަދުވާ ކަމަށެވެ. ނަމަވެސް އަދިވެސް ދަށްކުރަން ބޭނުންވާ ހިސާބަށް ދަށް ނުވާ ކަމަށާއި، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކުޑަކޮށް ވެސް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރޭ މިންވަރު ނޫނީ ނިސްބަތް ތަންކޮޅެއް މަދުވަމުން އެބަދެއޭ. އެކަމަކުވެސް އަޅުގަނޑުމެން ބޭނުންވާ ނިސްބަތަށް އަދިވެސް ތިރިނުވޭ. ޕްރޮޖެކްޓްރީ ހުރީ ތިރިވާ ގޮތަށް. އެކަމަކު އަދިވެސް އަޅުގަނޑުމެން ސޭފް ލެވަލްއަށް ނުދޭ. އަމާޒަކީ އަންލިންކް ކޭސްތައް 20 އަށްވުރެ ތިރީގައި ބެހެއްޓުން. 20 އަށްވުރެ ތިރިއަށް ދިޔާމަ އަޅުގަނޑުމެންނަށް އޯކޭ ބަލިޖެހުން އެބަ މަޑުޖެހެއޭ. އެހެންވީމަ އަދި އިތުރަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަންޖެހޭ.

~ އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ

އިންޑިކޭޓަރސްތަކަށް ބަލާއިރު އަދިވެސް ހުރީ މަތީގައިކަން ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވީ މަޒީން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ކުރިން އުޅުނު ގޮތަށް އުޅެން ފަށައިފިނަމަ ބަލި ފެތުރިގެން ހިނގާދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ހަމަ ރިސްކް އެބައޮތް އަނެއްކާ ވެސް ކޭސްތައް ފެތުރުމުގެ. އެހެންވީމަ އަދިވެސް ދެތިން ހަފްތާ ވަންދެން މީތި ސަސްޓެއިން އެބަ ކުރަން ޖެހޭ. ބަލީގެ އިންކިއުބޭޝަންގެ ޕީރިއެޑް ފުލް އިންކިއުބޭޝަންގެ ޕީރިއެޑް އަޅުގަނޑުމެން ބަހައްޓައިގެން މެނޭޖްކޮށްލެވިއްޖެއްޔާ ދެން އިތުރަށް ފެތުރޭ މިންވަރަށް ދަށްވެގެންދާނީ. އަދި އަޅުގަނޑުމެން ސޭފެއް ނޫނޭ އަޅުގަނޑުމެން މިދަންނަވަނީ ހުރިހާ ރެސްޓްރިކްޓް މެޝަރަތައް ނަގާކަށް.

~ އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ

ޑރ. ޝީނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބަލި ފެތުރޭ މިންވަރަށް ބަލާ ބައެއް ހަރާކާކަތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިން ނަމަވެސް ކޮވިޑް-19ގެ ވެކްސިން އެއް ލިބެންދެން ދިރިއުޅުމުގެ ވައްޓަފާޅު ބަހައްޓަންޖެހޭނީ ނިއު ނޯރމަލްއާ އެއްގޮތަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.