ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:38
ޒޭން އަދި ޖީޖީ
ޒޭން އަދި ޖީޖީ
ޓްވިޓަރ
ހޮލީވުޑް
ޒޭން މާލިކް އަދި ޖީޖީ ހަދީދް އަށް ލިބުނީ އަންހެން ކުއްޖެއް
 
ޖީޖީ ހަދީދްގެ ބައްޕަ އިންސްޓަގްރާމްގައި އޭނަގެ ކާފަ ދަރިފުޅަށް ލިޔެފައިވާ ޅެމެށް ހިއްސާ ކުރި
 
ދަރިފުޅު ލިބިފައިވާކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުން

ޒޭން މާލިކު އަދި ޖީޖީ ހަދީދްއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

ވަން ޑިރެކްޝަން ބޭންޑްގެ ކުރީގެ ތަރި ޒޭން މާލިކް އަދި އޭނަގެ ލޯބިވެރިޔާ ޖީޖީ ހަދީދުއަށް ދަރިފުޅު ލިބިފައިވާކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

ބުދަ ދުވަހު އިންސްޓަގްރާމްގައި އުފާ ފާޅުކުރަމުން ޒޭން ލިޔެފައިވަނީ ހިތުގެ ޝުއޫރުތައް ފާޅުކުރަން ދަތިކަމަށާއި، މި ކުޑަކުޑަ ދަރިފުޅާ ދޭތެރޭ އޮތް ލޯބި ބަޔާން ކޮށްދޭންވެސް އުންދަގޫ ކަމަށެވެ. އަދި ޒޭންގެ މި އިންސްޓަގްރާމް ޕޯސްޓް ކުރިތާ އިރުކޮޅެއްތެރޭ ޖީޖީވެސް ވަނީ އޭނަގެ އިންސްޓަގްރާމްގައި އޭނަގެ ދަރިފުޅު މިދުނިޔެއަށް އަސްފައިވާކަމަށާއި، މިހާރު ވެސް ދުނިޔެ ބަދަލުވެފައިވާކަމަށް ލިޔެފައެވެ.

ޒޭން އަދި ޖީޖީ އިންސްޓަރގްރާމްގައި ޝެއާރ ކޮއްފައިވާ ޕޯސްޓް

މިދިޔަ ހަފްތާގައި މޮޑެލް ޖީޖީ ހަދީދްގެ ބައްޕަ މުހައްމަދު ހަދީދް އިންސްޓަގްރާމްގައި އޭނަގެ ކާފަ ދަރިފުޅަށް ލިޔެފައިވާ ޅެމެއް ހިއްސާކުރި ހިސާބުން ޖީޖީ ވިހެއީކަމަށް ބުނެ ވާހަކަތަކެއް ފެތުރިގެންދިޔައެވެ. އަދި ޖީޖީގެ ދައްތަ ބެއްލާ ހަދީދް އިންސްޓްގްރާމްގައި ކުރީގެ ފޮޓޮއެއް ޝެއާކުރަމުން އުފަލުން ގޮސް ދެލޮލުން ކަރުނަ އޮހޮރެނީކަމަށް ބުނެ ކުޑަކުއްޖެއްގެ އިމޯޖީއަކާއިއެކު ކޮށްފައިވާ ޕޯސްޓުންވެސް ޖީޖީ ވިހެއީކަމަށް ބުނެ އަޑު ފެތުރިގެންދިޔައެވެ.

ޖީޖީގެ ބައްޕަ ލިޔެފައިވާ ޅެން

ޒޭނަ މާލިކް އަދި ޖީޖީ ހަދީދް ރައްޓެހިވެގެން އުޅޭކަމަށް ފުރަތަމަ އަޑުފެތުރިގެން ދިޔައީ 2015 ވަނަ އަހަރު ނޮވެމްބަރު މަހުގައެވެ. ދެއަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު މާޗް މަހު 2018 ގައި މި ދެ ތަރީން ރުޅިވެގެންދިޔައެވެ. އަނެއްކާ 2019 ވަނަ އަހަރު ޑިސެމްބަރުގައި ދެތަރީން ގުޅިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
67%
0%
0%
0%
0%
33%
ކޮމެންޓް