ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 23:21
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހްކުރުން
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހް ގެނައުމާއި ގުޅޭގޮތުން ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުމެއް!
 
މި ބައްދަލުވުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި

ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައްދަލުވުން އޮންނާނީމި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށެވެ. އަދި މ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭގޮތުން ޕާޓީތަކުގެ ހިޔާލު ހޯދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮތްގޮތުން، ގިނަ ބައެއްގެ ފާޑުކިޔުންތައް ޕާޓީ ނިޒާމަށް އަމާޒުވަމުންދެއެވެ. އަދި މިވަގުތު ޤާނޫނު އޮތްގޮތުން ޕާޓީތަކުގެ ހަރަކާތްތައް މޮނިޓަރކޮށް، ފިޔަވަޅު އެޅުމަށް ހުރަސްތަކެއް ހުރިކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާ މަިއގަނޑު އިސްލާހްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީ އިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުުރުން ވެސް ހިމެނެ އެވެ.

ސިިޔާސީ ޕާޓީތަކުގެ ޤާނޫނު މިހާރު އޮންނަގޮތުން ނަަމަ، އިލެކްޝަންސް ކޮމިޝަނަށް އެޅެން އޮންނަ ފިޔަވަޅަކީ ޕާޓީއެއް އުވާލުމާއި، ޖޫރިމަނާ ކުރުމެވެ. ބައެއް ޕާޓީތައް ފުލުފުލުގައި ޖޫރިމަނާކުރިނަމަވެސް އެފައިސާ ވެސް ދައްކަމުންނެއް ނުގެންދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް