ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 20:38
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު ފަށަނީ
 
މަޖިލިސް މިއަހަރު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ގޮސްފައިވަނީ 76 ޖަލްސާ ބޭއްވުމަށްފަހު
 
ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީއަށް ގޮސްފައިވަނީ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު
 
ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ އޮކްޓޯބަރ މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ އޮކްޓޯބަރ މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީއަށް ގޮސްފައިވަނީ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ފެށިއިރު ފުރަތަމަ ދައުރުގެ ޖަލްސާތައް މަޖިލީހުން ނިންމާލާފައިވަނީ ދައުރު އިތުރު އެއް މަސްދުވަހަށް ދިގު ދައްމާލުމަށްފަހުއެވެ. އަދި ޗުއްޓީއަށް ނުގޮސް ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ 1 ވަނަ ދުވަހު ފަށާ ދެ ވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް މިއަހަރު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ގޮސްފައިވަނީ 76 ޖަލްސާ ބޭއްވުމަށްފަހު އެވެ. އެއީ ފުރަތަމަ ދައުރުގައި ބޭއްވި 42 ޖަލްސާ އާއި ދެ ވަނަ ދައުރުގައި ބޭއްވި 34 ޖަލްސާއެވެ.

ދެ ވަނަ ދައުރުގައި މެމްބަރުން 21 ބިލެއް ނިންމަވާފައިވާއިރު ، 8 ގަރާރެއް އަދި ސަރުކާރުން ހުށަހަޅާފައިވާ 18 މައްސަލަ އާއި ރިޔާސަތުން ހުށަހަޅާފައިވާ 11 މައްސަލަ، 16 ކުއްލި މައްސަލައަކާއި މެމްބަރުން ހުށަހަޅުއްވާފައިވާ 3 މައްސަލައެއް ނިންމާފައިވެ އެވެ. އެހެނިހެން މައްސަލައިގެ 29 މައްސަލަ ނިންމަވާފައިވާއިރު ވަޒީރުންނާއި 30 ސުވާލެއް މެމްބަރުން ކުރައްވާފައިވެ އެވެ.

މީގެއިތުރުން ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތަށް 17 ކޮމިޓީއަކުން އެކަންކަން ދިރާސާކޮށް ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ލަފާ އަރުވާފައި ވެއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގައި ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި