ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 18:55
ސީރީޒް ޔިއުފޯރިއާގެ ސީން
ސީރީޒް ޔިއުފޯރިއާގެ ސީން
ޑެއިލީ މެއިލް
އެމީ އެވޯރޑްސް
ލީޑް އެކްޓްރެސް އިން އަ ޑްރާމާ ސީރިޒް އެވޯޑް ޒެންޑާޔާ އަށް
 
ޓްވީޓާގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ވަރަށް ހާއްސަ އެވޯޑެއް ކަމަށް
 
އެންމެ ހަގު އެމީ އެވޯރްޑް ހާސިލް ކުރި ތަރި

އުމުރުން އެންމެ 24 އަހަރުގައި 72 ވަނަ އެމީ އެވޯޑްސްގެ ލީޑް އެކްޓްރެސް އިން އަ ޑްރާމާ ސީރިޒް ހާސިލް ކުރި އެންމެ ހަގު ތަރިއަކަށްވެ ތާރީހުގެ ތެރެއަށް ވައިން ޒެންޑާޔާ ސޯޝަލް މީޑިއާގައި ޝުއޫރުތައް ބަންޑުން ކޮށްލައިފިއެވެ. މި އެވޯޑް ލިބިފައި މިވަނީ ޔޫފޯރިއާގައި އޭނާ ކުޅެފައިވާ ރޯލަށެވެ.

ޒެންޑާޔާ މި އެވޯޑް ހާސިލް ކޮށްފައިވަނީ ޖެނިފާ އެނިސްޓަން، އޮލޮވިއާ ކޯލްމަން، ޖޯޑީ ކޯމާ، ލައުރާ ލިންނޭ އަދި ސަންޑްރާ އޮފް ފަދަ މަގްބޫލްތަރިންނާ ވާދަކޮށް އެޗްބީއޯ އިން ދައްކަމުން އަންނަ ޔޫފޯރިއާގައި އޭނާ ކުޅެފައިވާ ހުނަރުވެރި ރޯލުންނެވެ.

ޒެންޑާޔާ ޓްވީޓާގައި އުފާ ފާޅުކުރުމުވެ ގޮތުން ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ވަރަށް ހާއްސަ އެވޯޑެއް ކަމަށް އަދި ވަރަށް ފަހުރުވެރިވާ ކަމަށް ބުނެފައިވެއެވެ. އަދި އިންސްޓަގްރާމްގައި އޭނާ އެވޯޑެއް ހިފައިގެން އިން ފޮޓޯއަކާއިއެކު ޝެއާކޮށްފައިވާ ޕޯސްޓެއްގައި ޝުކުރު އަދާކުރަމުން ބުނެފައިވަނީ މިއުފާ ބަސްތަކުން ބަޔާންކުރަން ވެސް ދަތި ކަމަށެވެ.

ޒެންޑެޔާގެ ޓްވިޓަރ ޕޯސްޓް

އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށްފައިވާ ޕޯސްޓާ ގުޅިގެން އޭނާއަށް ގުޅާ މެސެޖްކޮށް ޓްވީޓް ކުރި އާއިލާ އެންމެންނަށާއި ރަހުމަތްތެރީންނަށް ޝުކުރު އަދާކޮށް އެމީހުންނަށް ފަަހުން ޚަބަރުވާނެ ކަމަށް އަދި މިއީ ހުވަފެނެއް ނޫންތޯ ޔަޤީން ކުރުމަށް އޭނާ ނިދަން ދަނީކަމަށް ވެސް އެ ޕޯސްޓްގައި ވެއެވެ.

ޒެންޑެޔާގެ އިންސްޓަގުރާމް ސްޓޯރީ

ޒެންޑާޔާ ވަނީ މިއެވޯޑް ލިބުނުކަން ޔަގީންވި ހިސާބުން ލިބުނު ހައިރާންކަންމަތީ އޭނާގެ އިންސްޓަގްރާމް ޕްރޮފައިލް ފޮޓޯ ވެސް ބަދަލުކޮށްފައެވެ. އެގޮތުން އޭނާއަށް ލިބުނު ހައިރާންކަން ދައްކުވައިދޭ ވީޑިއޯއެއް ޕްރޮފައިލްއަށް ވަނީ ލާފައެވެ.

ކޮވިޑް 19 ގެ ސަބަބުން އެ ގައުމުގައި ލޮކްޑައުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވުމުން ވާޗުއަލްކޮށް ބޭއްވި މި އެވޯޑް ހަފްލާ ހޯސްޓްކޮށްދިނީ މަޝްހޫރު ކޮމީޑިއަން ޖިއްމީ ކިމެލް އެވެ. އަދި މި އެވޯޑް ޝޯވގައި ވަނަތައް ކާމިޔާބު ކުރި ތަރީން ވަނީ ގޭގައި ތިބެގެން އެވޯޑް ހަފްލާގައި ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
6%
4%
0%
81%
8%
2%
ކޮމެންޓް
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 08:44
މަ
މާ މޮޅަށް އާޓިކަލް ލިޔަން ހަދައިގެން ކުފުރު ނުވެ ތިބޭ.