ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 17:03
އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު
އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު
އަވަސް
ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ
ގާޒީ އިސްމާއީލް: އިންސާފު ހޯދަން ދާންވީ ޖިނާއީ އިޖުރާއަތު ނުދަންނަ ފަނޑިޔާރެއްގެ އަރިހަށް؟!
 
އަދީބުގެ މައްސަލަތައް އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައި
 
ޖޭއެސްސީން ބުނަނީ ގާޒީ އިސްމާއީލް ރަޝީދުގެ ތަހުގީގު ކުރިއަށްދާ ކަމަށް
 
ގާޒީ އިސްމާއީލް ވަނީ، ސަސްޕެންޝަން ނިމުމުން އާދިއްތަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނަވާފައި

2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމަށް އައްޔަނު ކުރެވުނު ގާޒީ އިސްމާއިލް ރަޝީދަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކުރިއިރު، އެ މައްސަލަ ބެއްލެވި ގާޒީއެވެ. އޭރު މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުންވެސް ދިޔައީ ބުނަމުންނެވެ.

އެންމެ ފަހުން ގާޒީ އިސްމާއިލް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް ޢަމަލު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖޭއެސްސީއަށްވެސް ހުށައެޅި، ޖޭއެސްސީން އޭރު ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. އެހެން ނަމަވެސް، ޖޭއެސްސީގެ ޤާނޫނު ބުނާ ގޮތުން ފަނިޔާރަކާމެދު އެކޮމިޝަނުން ތަހުގީގެއް ހިންގާއިރު އެ ފަނޑިޔާރަކު ސަސްޕެންޑް ކުރެވޭނެ އެންމެ ދިގު މުއްތަދަކީ 60 ދުވަހެވެ. އެއާއެކު، އެ މުއްދަތު ފުރިހަމަ ކުރެއްވުމަށްފަހު، ގާޒީ އިސްމާއިލް ވަނީ އާދިއްތަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގެ ވަޒީފާއަށް ނުކުންނަވާފައެވެ. އަދި އެކަމަށް ގިނަ ބަޔަކު މިދަނީ ފާޑުވެސް ކިޔަމުންނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އަދީބުގެ މައްސަލައިގައި ގާޒީ އިސްމާއިލް ނިންމެވި ނިންމެވުން ބާތިލުކޮށް، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށް ހައިކޯޓުން ދާދި ފަހުން ވަނީ ޙުކުމް ކޮށްފައެވެ. އެގޮތުން މި މައްސަލައާ ގުޅޭ 7 ގަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ ތަކުގެ 4 ވަނަ ނަންބަރުގައި ހައިކޯޓުން ބުނެފައިވަނީ، ދަށު ކޯޓުގެ މަރުޙަލާގައި ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކުރާ އުސޫލުތައް ނެގެހެއްޓިފައި ނެތް ކަމަށެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ މި ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުންވެސް ތާއީދު ކުރައްވާފައިވާއިރު، މުޅިންވެސް ފެންނަން ހުރީ ގާޒީ އިސްމާއިލް ރަޝީދުގެ ފަރުވާކުޑަ ކަމާއި، ޤާނޫނުގެ އުސޫލުތައް އެނގިވަޑައި ނުގަންނަވާ ކަމެވެ.

އޭގެ އިތުރުން، ދައުވާލިބޭ ފަރާތް ނުވަތަ ދައުލަތުގެ ފަރާތުން ހުށައެޅި ހުށައެޅުމަކާ ނުލައިވެސް، އިއުތިރާފުގެ އެއްބަސްވުމުގެ ސައްޙަކަމާމެދު ގާޒީ އަމިއްލަފުޅަށް ގޮތް ކަނޑައެޅުއްވިކަން މި ނުކުތާގައި ފާހަގަ ކޮށްފައިވެއެވެ. ނުވިތާކަށް މި މައްސަލަ ބެއްލެވިއިރު، ގާޒީ އިސްމާއިލްއަށް ކުރެއްވުނު ކަމަކީ "ފޫނެއް ފަޔަށް ފެން ފުރުން" ކަމަށް ސީދާ ހައިކޯޓުގެ ޙުކުމުގައިވެސް ވަނީ ބަޔާން ކޮށްފައެވެ.

ވީއިރު، މި މިންވަރަށް ޤާނޫނުތައް ފަހުމުނުވާ ގާޒީއެއްވެސް ހަމަ މަޤާމުގައި ބަހައްޓަންވީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މަތީ ފެންވަރުގެ ކޯޓަކުން ސީދާ ބަހުން އެހެން ބުނެފައިވާއިރު، ގާޒީ އިސްމާއިލް ރަޝީދުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު ރައްޔިތުންނަށްވެސް މިވަނީ ސާފުވެފައެވެ. ވީއިރު، ޤާބިލުކަން ނެތް ގާޒީއެއްގެ އަރިހަށް އިންސާފު ހޯދައިދިނުން އެދި ދާ ރައްޔިތުމީހާއަށް އޮތީ ކޮން ޔަޤީންކަމެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ބުނެފައިވަނީ މައްސަލަ ރައްދުވާ ފަނޑިޔާރު މަޤާމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ނިންމަންވާނީ އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި، އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙްޤީޤުކުރުމަށް އެޅިދާނެ ހުރަހަކަށާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން، ޖިނާއީ މައްސަލައެއް އެ ފަނޑިޔާރެއްގެ މައްޗަށް ތަހުޤީޤު ކުރެވެމުން ނުދާނަމަ އިތުރަށް ސަސްޕެންޝަންގައި ނުބެހެއްޓޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ ސަސްޕެންޝަން ނިމި، ވަޒީފާއަށް ނިކުންނެވި ނަމަވެސް އޭނާގެ ސުލޫކީ މައްސަލަ އެކޮމިޝަނުން ބަލަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ތެދެކެވެ. ސަސްޕެންޝަންގައި ބަހައްޓަންޖެހޭ މުއްދަތު އިތުރު ކުރުމަށް ޖޭއެސްސީއަށް ޤާނޫނުން ހުއްދަ ނުކުރާ ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ރަނގަޅަށް ފަހުމު ނުވާ ގާޒީއަކު ކްރިމިނަލް ކޯޓުގެ މައްސަލަތައް ބައްލަވަން ހުންނެވުމަކީ އަދުލު އިންސާފަށް އެޅިގެންދާ ބޮޑު ހުރަހަކަށް ނުވާނެބާއެވެ؟ ދެންވެސް އިންސާފު ހޯދަން ދާންވީ މިފަދަ ފަނޑިޔާރުންގެ އަރިހަށްބާއެވެ؟ މަތީ މަރުޙަލާގެ ކޯޓަކުން ގާޒީ އިސްމާއިލް ރަޝީދުގެ ނާޤާބިލުކަން ބަޔާން ކުރައްވާފައިވާއިރު، ދަށު ކޯޓެއްގެ މައްސަލަތައް ބެއްލެވުމައިގެން އަނެއްކާވެސް ގާޒީ އިސްމާއިލް ކުރިއަށް ވަޑައިގަންނަވަންވީބާއެވެ؟ ސަސްޕެންޝަން މުއްދަތު އިތުރު ނުކުރެވުމަކީ އަނެއްކާވެސް އިތުރު ގޯސްތަކެއް ހެއްދެވުމުގެ ފުރުސަތު ގާޒީ އިސްމާއިލްއަށް ދޭންޖެހޭ ސަބަބެއް ބާއެވެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
25%
50%
25%
ކޮމެންޓް
10 އޮކްޓޯބަރ 2020 | ހޮނިހިރު 01:26
ރާގުންޑާ
"އޭރު މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުންވެސް ދިޔައީ ބުނަމުންނެވެ." ބަލަ ތީ އަދީބު އަތުން ލާރި ކައިގެން އޭނަގެ ވައްކަން ފޮރުވާ ވަންހަނާކޮށް އެވަގު ސަލާމަތް ކުރަން ކޯޓަށް ހިނގި ބީތާއެއްނު ތިކިޔާ ޕީޖީއަކީ. ސަބަބާއި މާއްދާ ވަޔާން ނުކުރިޔަސް އެކަލޭގެއަށް އެނގެން ވާނެނު. އޭ ލާދީނީ އެކަން ފޮރުވަން ކޯޓަށް ދިޔައީ ކޮން ސަބަބެއް އޮވެ ކޮން ގާނޫބަކުންތަ؟.