ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 13:29
އެސްޑީއެފްސީން ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހު
އެސްޑީއެފްސީން ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހު
ޔޫސުފް ސޮފްވާން ރަޝީދު
ރިކަވަރީ ލޯނު ސްކީމް
އެސްއެމްއީތަކަށް ދޫކުރި ލޯންތައް 1720 ފަރާތަކަށް ދޫކޮށްފި
 
އަމިއްލަ މަސައްކަތްކުރާ 103 ފަރާތަކަށް 3.1 މިލިއަން ރުފިޔާވަނީ ދޫކޮށްފައި
 
283.2 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައި

ކޯވިޑް19އާ ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށްޓަކައި "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން 1720 ފަރާތަކަށް ލޯން ދޫކޮށްފައިވާ ކަމަށް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1720 ފަރާތަކަށް 283.2 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1195 ވިޔަފާރިއަކަށް ދޫކޮށްފައިވާ 267.5 މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 525 ފަރާތަކަށް ދޫކުރި 15.7 މިލިއަން ރުފިޔާ ހިމެނެއެވެ.

ކޮވިޑް19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކޮށްފައިވާއިރު، މިހާތަނަށް 507 ކަނބަލަކަށް 106.9 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

އޭގެ ތެރޭގައި އަމިއްލަ މަސައްކަތްކުރާ 103 ފަރާތަކަށް 3.1 މިލިއަން ރުފިޔާއާއި، ވިޔަފާރި ހިންގާ 404 ފަރާތަކަށް ދޫކޮށްފައިވާ 103.8 މިލިއަން ރުފިޔާ ހިމެނެއެވެ. މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ޚިދުމަތްދޭން ފެށި އެސްޑީއެފްސީން، ކޯވިޑް19އާ ގުޅިގެން ދުކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ.

ދެވަނައަށް އެންމެ ގިނައިން ޓޫރިޒަމްގެ ދާއިރާއަށް ލޯނު ދޫކޮށްފައިވާއިރު 3 ވަނައިގައި އުޅެނީ އިމާރާތްކުރުމުގެ ދާއިރާއެވެ. މިބބޭންކުން ދޫކުރާ ލޯންތަކުގެ 25 އިންސައްތަ ހިއްސާކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް