ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 15:15
ނިކަގަސް މަގުގައި ހުންނަ \'\'ވީ މާކެޓް\'\'
ނިކަގަސް މަގުގައި ހުންނަ ''ވީ މާކެޓް''
ރާއްޖެއެމްވީ
މާލޭގައި އޭސީ މާރުކޭޓް އެއް ހުޅުވުން
މާލޭގައި ''އޭސީ މާރުކޭޓް'' އެއް
 
ކޮފީވެސް ލިބޭ
 
1400 އަކަފޫޓްގެ ޖަގައިގެ މާރުކޭޓް އެއް
 
13 ގޮޅިއެއް ހުރޭ

ޒަމާނާއި ގުޅޭ ގޮތަށް އޭސީ ހަރުކޮށްފައިވާ މާރުކޭޓް އެއް މާލޭގައި ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

އަމިއްލަ މީހަކު ހިންގާ ''ވީ މާކެޓް'' ގެ ހުންނަނީ ނިކަގަސް މަގު ނުވަތަ ބާ ޖަމާލުއްދީން މަގުގައެވެ. 1400 އަކަފޫޓްގެ ޖަގައިގެ ''ވީ މާކެޓް'' ގައި 13 ގޮޅިއެއް ހުރެއެވެ. މި ހުރިހާ ގޮޅިތަކެއްވެސް މިހާރު ވަނީ މަހު ކުއްޔަށް 10،000 ރުފިޔާ ދައްކާ ގޮތަށް ދޫކޮށްފައެވެ. އެކަމަކު އަންނަ އަހަރުން ފެށިގެން ކުލީގެ ގޮތުގައި 12،500 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ވީ މާކެޓްގެ ގޮޅިތަކެއް. މާރުކޭޓް ހުންނަނީ އޭސީ ކޮށްފައި. ފޮޓޯ: ރާއްޖެ.އެމްވީ

މާރުކޭޓް ހިންގުމާއި ހަވާލުވެހުރި މޫސާ ޝިޔާމް ''ރާއްޖެއެމްވީ" އަށް ބުނީ، ގޮޅިތައް ދޫކުރިއިރު އެންމެ ބޮޑަށް އިސްކަން ދީފައިވާނީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނިކުންނަ ފަރާތްތަކަށް ކަމަށެވެ. އެހެން މާރުކޭޓްތަކާއި ހިލާފަށް އެ ތަނުގެ ގޮޅިތައް ސާފުކުރުމާއި ކުނި އުކާލާނީވެސް މާރުކޭޓް ބަލަހައްޓަން ބައިތިއްބާފައި ތިބޭ މުވައްޒަފުންނެވެ. ޝިޔާމް ބުނީ، ގޮޅިތަކުގެ ވެރިން ހަމައެކަނި ކުރަން ޖެހޭ ކަމަކީ ކުލި ދެއްކުން ކަމަށެވެ. ''ވީ މާކެޓް'' ގައި ހަތަރު މުވައްޒަފުން ތިބޭއިރު އެތަނުގެ މަރާމާތުގެ އިތުރުން ސާފުކުރަން ދެ މުވައްޒަފުން ވަނީ ހާއްސަކޮށްފައެވެ.

ވީ މާކެޓްގެ މާރުކޭޓްގެ ގޮޅިއެއް

މާރުކޭޓްތަކުން އާއްމުކޮށް ލިބެން ހުންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އިތުރުން ކުކުޅުގެ އަދި މަހުގެ ބާވަތްތައްވެސް ''ވީ މާކެޓް'' އިން ލިބޭނެއެވެ. އަދި އެތަނަށް ވަންނަ ކަސްޓަމަރުންނަށް ކޮފީ ވެސް ވިއްކައެވެ.

ޝިޔާމް ބުނީ، މާލޭގައި ހިންގާ އެހެން މާރުކޭޓްތަކުގެ އަގުތަކާއި އަޅައި ބަލާއިރު އެތަނުން ވިއްކާ ތަކެތީގެ އަގު ހެޔޮވާނެ ކަމަށެވެ. އަދި ކޮލިޓީގެ ގޮތުން ބަލާނަމަވެސް ރަނގަޅުވާނެކަން ފާހަގަކުރަމުން އޭނާ ބުނީ، އެއް މިންގަނޑެއްގައި ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން އެކަން ވަރަށް ރަނގަަޅަށް މޮނިޓާ ކުރެވެމުންދާ ކަމަށެވެ.

''ވީ މާކެޓް'' ހުޅުވާނީ ހެނދުނު ހަތަކުން ރޭގަނޑު ނުވަޔަކަށެވެ. ޝިޔާމް ބުނީ، އެންމެ ބޮޑަށް އިސްކަމެއްދެނީ ތަނުގެ ސާފުތާހިރު ކަމަށް ކަމަށާއި، އެތަނަކީ މާލޭގެ އެހެން މާރުކޭޓްތަކާއި އަޅައި ބަލާއިރު ހުރިހާ ގޮތުންވެސް ސާފުތާހިރު އަދި ރާއްޖޭގައި އެވަތު ދެވަނަ އެއް ނެތްވަރު މާރުކޭޓް އެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
85%
0%
0%
5%
10%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި