ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 12:17
ގދ. ހޯނޑެއްދޫ: މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ކޭސް ފެނުނު ރަށް
ގދ. ހޯނޑެއްދޫ: މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ކޭސް ފެނުނު ރަށް
ފޭސްބުކް
ހޯނޑެއްދޫގެ ހާލަތު
ހޯނޑެއްދޫގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ދަށަށް
 
މޮނިޓަރިންގ ގެ ހާލަތަށް ގެނައީ މި ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު
 
ހޯނޑެއްދޫ އަދިވެސް އޮތީ މޮނިޓަރިންގ ހާލަތުގަ

ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި، 44 މީހުންގެ ތެރެއިން 32 މީހުން ރަނގަޅުވެ، މިހާރު ފަރުވާ ދެމުންދަނީ 12 މީހަކަށް ކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހޯނޑެއްދޫގައި މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި 12 މީހުންނަކީ، ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ވެގެން ކަރަންޓީން ކުރެވިފައިވާ މީހުންނެވެ.

ހޯނޑެއްދޫ ކައުންސިލުން ވަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުން ދަނީ، ޑައިރެކްޓް ކޮންޓެކްޓުވި މީހުންގެ ތެރެއިން ކަމަށްވާތީ އެ އެންމެން ކަރަންޓީނު ކުރެވުނު ކަމަށް ބުނެފައެވެ. އަދި މިއާއި ގުޅިގެން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. ރަށުގެ އާންމު ހާލަތު ވެސް ރަނގަޅު ކަމަށް ކައުންސިލް މެމްބަރަކު "ރާއްޖެއެމްވީ" އަށް ވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ބަޔެކެވެ. ހޯނޑެއްދޫއަކީ މާލެ ސަރަހައްދު ފިޔަވައި، ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނައިން ފެނުނު ރަށެވެ.

ހޯނޑެއްދޫއިން ކޮވިޑުގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރަށާ ކޯސްވޭއަކާއި ގުޅިފައިވާ މަޑަވެލި ވެސް މޮނީޓަރިންގެ ހާލަތަށް ގެނެވުނެވެ. މަޑަވެލިން ރެންޑަމްކޮށް ނެގުނު ސާމްޕަލްތައް ނެގެޓިވްވުމާއި ގުޅިގެން މިހާރު އެރަށް ވަނީ އާއްމު ހާލަތަށް ގެނެސްފައެވެ.

މިހާރު މޮނިޓަރިންގ ހާލަތުގައި އޮތީ ހޯނޑެއްދޫ އެކަންޏެވެ. ހޯނޑެއްދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނައީ މި ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް