ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 10:35
ރަސްމާދޫ ފަޅު ފުންކުރުމުގެ މަސައްކަތުގަެި އެކްސްކަވޭޓަރެއް ހަރަކާތްތެރިވަނީ
ރަސްމާދޫ ފަޅު ފުންކުރުމުގެ މަސައްކަތުގަެި އެކްސްކަވޭޓަރެއް ހަރަކާތްތެރިވަނީ
އެމްޓީސީސީ
ރަސްމާދޫ ބަނދަރު މަޝްރޫއު
ރަސްމާދޫ ބަނދަރު: މިހާރު ކުރިއަށް ދަނީ ފަޅު ފުންކުރުމުގެ މަސައްކަތް
 
މި މަޝްރޫޢު ހަވާލު ކުރެވިފައިވަނީ 10 ޑިސެމްބަރ 2019 ގައި
 
މިއީ 21 މިލިއަން ރުފިޔާގެ މަޝްރޫއެއް

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 11 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން މި މަޝްރޫއާ ބެހޭގޮތުން މައުލޫމާތު ދެމުން ބުނެފައިވަނީ, ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 10 ޕަސެންޓް ވަނީ ނިމިއްޖެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން 9،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ޖެހުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 21.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ހަވާލު ކުރެވިފައިވަނީ 10 ޑިސެމްބަރ 2019 ގައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް