ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 09:53
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ: ބޮޑެތި ތުހުމަތުތަކެއް ކުރެވޭ،
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ: ބޮޑެތި ތުހުމަތުތަކެއް ކުރެވޭ،
މިހާރު
ރިލްވާންގެ މަރު/ ކުރީގެ ފަނޑިޔާރު
ރިލްވާންގެ މަރާ ގުޅޭ ފޭކް ޑޮކިއުމަންޓް ތައްޔާރުކުރި ކުރީގެ ފަނޑިޔާރުގެ މައްސަލަ މިހާރު ބަލަމުންދަނީ ރިޔާސީ ކޮމިޝަނުން
 
މިފަދަ ޖަރީމާތައް ހިންގި، މީހުން މިއަދުވެސް މަގުމައްޗަށް ދޫވެފައި، މިނިވަން ކަމާއެކު
 
ސަސްޕެންޑް ކޮށްފައި ހުރި، 10 މަސް ދުވަހު ގޭގައި ހުންނަވައި، ފަނޑިޔާރު ކަމުގެ މަގާމުގައި މުސާރަ ނެންގެވި
 
ބޮޑެތި ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި ސަސްޕެންޑް ކުރި، މަގާމުން ވަކިކުރަން ވާއިރަށް އިސްތިއުފާ ދެއްވި

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައި ހުންނަވައި، ފޭކް ޑޮކިއުމެންޓެއް ތައްޔާރުކުރި މައްސަލަ މިހާރު ބަދަލަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އުފައްދަވާފައިވާ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކަމަށް ފުލުހުން ބުނެފިއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާއިން ބުނީ، ރިލްވާންގެ ކޭސް މިހާރު ބަލަމުންދަނީ މަރު ކޮމިޝަނުން ކަމަށެވެ. އެހެންކަމުންނއެ ކޭސްއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ހުރިހާ މައުލޫމާތުތަކެއް އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ދާދިފަހަކާ ޖެހެންދެން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ހަސަން އަލީގެ މައްޗަށް ކުރެވެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސަައްކަތްކުރާ ދެ ފުލުހުންނާއި ގުޅިގެން ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރައްވަން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

އެ ޑޮކިއުމެންޓް ތައްޔާރުކުރަން އުޅުނީ ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައެވެ. ކުރީގެ ފަނޑިޔާރު ހަސަން އަލީ އޭރު ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ، ހަސަން އަލީއަަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރެއިން ރިލްވާން ކޭސްއާ ގުޅޭ ބައި ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވާފަ އެވެ. ހަސަން އަލީގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން، ޖޭއެސްސީން އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިދިއަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އޭގެ ފަހުން މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަން އަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެބަޔާނުގައި ޖޭއެސްސީން ބުނެފައިވަނީ، ފަނޑިޔާރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ އަޑުއެހުމަށް ހާޒިރުވުމަށް އަމުރު ފޮނުވާފައިވަނިކޮށެވެ.

ޖޭއެސްސީން އަމުރު ފޮނުވާފައިވަނީ ހަސަން އަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ފަހު އަޑުއެހުމަށެވެ. ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ، ފަހު މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ވެސް ކުރިއަށް ގެންދަނިކޮށެވެ. އޭރު އޭނާ ފަނޑިޔާރު ކަމުގެ މުސާރަ ނަންގަވައިގެން ގޭގައި ހުންނަތާ ވެސް 10 މަސްދުވަސް ވަނީ ވެފައެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ ވަނީ ކުރިން ހައި ކޯޓުގެ ރަޖިސްޓްރަރގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ކެމްޕެއިންތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނުފޫޒު ގަދަ ބައެއް ފަނޑިޔާރުން ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ސިޔާސީ ކަންކަމުގައާއި ގިނަ "ޖަރީމާ"ތައް ހިންގުމުގައި އުޅުއްވާފައި ވެއެވެ. އޭގެ ތެރެއިން ގިނަ ބަޔެއްގެ މައްސަލަތައް ބަލަމުންދާއިރު، އެ ފަނޑިޔާރުން ގެންދަވަނީ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވަމުން ނެވެ. ނަމަވެސް އެފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް އެޅޭތަނެއް، އިންސާފުގެ ކުރިމައްޗަށް ގެނެވޭ ތަނެއް ނުފެނިގެން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
10%
20%
10%
20%
10%
30%
ކޮމެންޓް
23 ސެޕްޓެންބަރ 2020 | ބުދަ 11:47
ލޮލް
މީ އަދި ކުޑަވަރު. މިސޮރު މީ ހަމަ އެޖެންޓެއް. ހުރިހާ ޖަރީމާއެއް ހިނގި އިރު އެއްތަނުން އަނެއްތަނަށް ބަދަލު ޖުރި. ޓެބްލެޓް ވައްކަމާ، ރިލްވާން، އާތާ ބްރޯސް، ހައުސިންގް ކޮރަޕްޝަން، ފުލުސް އޮފީހުން ގެއްލުވާލިހާ ހެކި، ކޯޓުން ރަޖިސްޓްރާއަކަށް ހުރިއިރު ގެއްލުވާލިހާ ކިޔެކިއުން. ވަރަށްވާހަކަ
23 ސެޕްޓެންބަރ 2020 | ބުދަ 11:25
10 މަސްދުވަސްވަންދެން ޖޭއެސްސީ އަށްވެސް އަދި ކޮމިޝަނަކަށްވެސް ތިބުނާ މައްސަލައެއެއް ތަހުގީގު ނުކުރެވުނީތޯ. ޢެއްމެ މީހެއް ޙަސަން ޢަލީ އަކީ. ދެން ނިކަން ދެކިބަލަ ތިކަމުގެ ހަޤީގަތް އޮތްވަރު.