ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 09:06
ކަރެކްޝަންސް އިން ބަލަހައްޓަމުން ދާ ޖަލެއް
ކަރެކްޝަންސް އިން ބަލަހައްޓަމުން ދާ ޖަލެއް
ރާއްޖެ އެމްވީ
ބަންދު މީހުންނާއި ބައްދަލުކުރުން
ގާނޫނީ ވަކީލުންނަށް ޖަލަށް ގޮސް ގައިދީންނާއި ބަންދު މީހުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި
 
ޒިޔާރާތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ
 
އެއްވެސް ޖަލަކުން ކޮވިޑް-19 ގެ ކޭސްއެއް ފެނިއްޖެ ނަމަ ޖަލަށް ޒިޔާރަތްކޮށްގެން ބައްދަލުކުރުމުގެ އިންތިޒާމް މެދުކަނޑާލެވޭނެ
 
ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗް.ޕީ.އޭ އިން ނަގަންޖެހޭ ހުއްދަ ނަގަންޖެހޭނީ އަމިއްލައަށް
 
މި ގޮތަށް ބަދަލުކޮށްފައިވަނީ މި މިމަހުގެ 22ން ފެށިގެން

ގާނޫނީ ވަކީލުންނަށް ޖަލަށް ގޮސް ގައިދީންނާއި ބަންދު މީހުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާރވިސްއިން ނެރުނު އިއުލާނެއްގައި ބުނީ، "ޤާނޫނީ ވަކީލުންނާ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު" ގެދަށުން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުން، ކޯވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މެދުކަނޑާލާފައިވީނަމަވެސް، އެކަން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.

އެގޮތުން، މި މަަހުގެ 22 ވަނަ ދުވަހުން ފެށިގެން ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި މާފުށީ ޖަލަށާއި އައްސޭރި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗް.ޕީ.އޭ އިން ނަގަންޖެހޭ ހުއްދަ އެފަރާތަކުން އަމިއްލައަށް ނަގައި، ޒިޔާރަތްކުރުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަރެކްޝަނުން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން ވީޑިއޯ އަދި ފޯނު ކޯލް މެދުވެރިކޮށް، ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޖަލުގައި ތިބިފަރާތްތަކާ ޤާނޫނީ ވަކީލުން ބައްދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ކަރެކްޝަންސްއިން ބުނެއެވެ. އަދި އެއްވެސް ޖަލަކުން ކޮވިޑް-19 ގެ ކޭސްއެއް ފެނިއްޖެ ނަމަ ޖަލަށް ޒިޔާރަތްކޮށްގެން ބައްދަލުކުރުމުގެ އިންތިޒާމް މެދުކަނޑާލެވޭނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

ޤާނޫނީ ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ބޭނުންވާ ފޯމު ފުރިހަމަކުރުމަށްފަހު، [email protected] އަށް އީމެއިލް ކުރުމުން، ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ބައްދަލުވުން ހަމަޖެހިގެންދާނެ ކަމަށް އިއުލާނުގައި ވަަނީ ފާހަގަކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް