ބުދަ 28 އޮކްޓޯބަރ 2020
11 ހެއި
1442 ރަބީއުލް އައްވަލް 11
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:51
އިޝާ 19:04
އެމްއެމްޕީއާރުސީ ހިޔާނަތުގެ މައްސަލަ

ޖަލު ޙުކުމެއް ނާންނަ ގޮތަށް އިއުތިރާފް އެއްބަސްވުމަކަށް އާތިފް އެދިފައިވޭ: ޕީޖީ އޮފީސް

  • އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އާތިފް ޝަކޫރުކަން އެސީސީގެ ރިޕޯޓުން އެނގޭ
  • އެކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވޭ
  • އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު

ކ. މާލެ | 23 ސެޕްޓެންބަރ 2020 | ބުދަ 12:18 | 16,158

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު - ގޫގުލް

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އޭރުގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި، ޖަލު ޙުކުމެއް ނާންނަ ގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް އޭނާގެ ކިބައިން އެދިއްޖެއެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާ ހިލާފުވި ކަމުގެ ދައުވާ އާތިފްގެ މައްޗަށް އުފުލާފައިވާއިރު، މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް އާތިފްގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލު ހާމަ ކުރެވޭނީ ޕީޖީ އޮފީހުން އެކަމާމެދު ގޮތެއް ނިންމެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި އާތިފްވެސް ވަނީ ޕީޖީއާއެކު އިއުތިރާފް އެއްބަސްވުމެއް އެކުލަވާލުމަށް އެދިފައިވާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން އަދި އާތިފްއާއެކު އެފަދަ އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އާތިފް ޝަކޫރުކަން އޭސީސީގެ ތަހުގީގުގަށް ފަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެފް.އައި.ޔޫއަށް ލިބިފައިވާ އެސް.ޓީ.އާރުގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ.

އެކަމާ ގުޅިގެން މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާ ހިލާފުވި ކަމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.