ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 03:05
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ވަނީ ކަނޑައަޅާފައި
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ވަނީ ކަނޑައަޅާފައި
ރާއްޖެއެމްވީ
ފިޝަރީޒް މިނިސްޓްރީ
ކަނޑައަޅާފައިވާ އަގަށްވުރެ ދަށްކޮށް މަސް ގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން: ފިޝަރީޒް މިނިސްޓްރީ
 
2010 ގައި މަސްގަތް އެންމެ ދަށް އަގަކީ 8ރ.
 
މިމަހުގެ 24 އިން ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލުކުރަން ޖެހޭނެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގުގެ ކޮންޓްރޯލް ދޫކޮށްލި އިރު ކަނޑައަޅާފައިވާ އަގަށްވުރެ ދަށްކޮށް މަސްގަންނަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީ ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ މިނިސްޓްރީން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގު ވަކި ގޮތަކަށް ކަނޑައެޅީ އެކަމުގެ ސަބަބުން މަސްވެރިންނަށްވެސް ފާއިދާތަކެއް ކުރާނެތީ އެވެ. އަދި ކަޅުބިލަމަހުގެ ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސްގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް މިނިސްޓްރީ އާއިއެކު ސޮއިކޮށްފައިވާ ކުންފުނިތަކުން އަދި އެ މަސްވެރިކަމުގައި ބާނާ މަސްގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިމަހުގެ 24 އިން ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތަށް އަމަލުކުރަންޖެހޭނެ ކަމަށާއި މިކަމާއި ޚިލާފަށް އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހަސަން ރަޝީދު ވިދާޅުވިއެވެ.

އެގޮތުން މިނިސްޓްރީން އެކަން މޮނިޓަރ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ސިޔާސަތާއި ޚިލާފްވާ ފަރާތްތަކަށް މަސް އެކްސްޕޯޓް ކުރުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެ ކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ އެއީ މި ނޫން އެހެން ބައިވަރު ޤަވާއިދުތަކެއްވެސް ހެދިފައިވުމާއި އެއަށް އެފަރާތްތަކުން އަމަލުކުރަން ޖެހޭތީ ކަމަށެވެ.

މި ސިޔާސަތަކީ ފުޅާދާއިރާއެއްގައި އެކްސްޕޯޓް ކުރުމަށް މަސް ގަންނަ ފަރާތްތަކަށް ހިންގާ ސިޔާސަތަކަށްވާތީވެ، މަސް ކައްކާ ހިއްކާ ފަރާތްތަކުން އަދި މިނޫން ވެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

މަސްވެރިންގެ އަދި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ޚަރަދުގެ މައްޗަށް ރިއާޔަތްކޮށް ކަނޑައަޅާ ފްލޯ ޕްރައިޒް އެންމެ ފަހުން މުރާޖައާ ކޮށްވިފައިވަނީ 13 މެއި 2010 ގައި ކަމަށާއި އޭރު މަސްގަންނަ އެންމެ ދަށް އަގަކީ 8ރ. ކަމަށްވުމުން މިގެނައި ބަދަލާއެކު އެއަގުގެ ދެ ގުނަ މައްޗަށް ޖެހިލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މާރކެޓްގައި އެއިރެއްގައި ހުންނަ އަގާއި އެއްވަރަށް މަސްގަންނަން ނިންމާ 7 އަހަރަށް ފަހު މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގުގެ ކޮންޓްރޯލް ދޫކޮށްލާފައިވަނީ މިކަމުގެ ސަބަބުން މިފްކޯއާއި މަސްވެރިންނަށްވެސް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

އެގޮތުން އިންޓަރނޭޝަނަލް މާރކެޓަށް ރިއާޔަތް ނުކޮށް މަސްގަތުމުން ވަރަށް ބޮޑެތި ގެއްލުންތަކެއް މިފްކޯއަށްވެސް މަސްވެރިންނަށްވެސް ވަމުންއައި އިރު ވަގުތުން ފާއިސާ ނުލިބުމުން ގިނަ ދަތިތަކެއް މަސްވެރިންނަށްވެސް ވަނީ ވެފައި ކަމަށް ހަސަން ރަޝީދު ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް