ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 09:33
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަޒާރު ޝަރީފް، ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގެންނެވި ގޮތަށް ނަވާޒު ހުންނެވީ އަދިވެސް އެގައުމުގައި
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަޒާރު ޝަރީފް، ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގެންނެވި ގޮތަށް ނަވާޒު ހުންނެވީ އަދިވެސް އެގައުމުގައި
ގޫގުލް
ނަވާޒް ޝަރީފް ހައްޔަރުކުރުމަށް އަމުރު ނެރުން
ނަވާޒް ޝަރީފް ހައްޔަރުކުރުމަށް ޕާކިސްތާނުގެ ހައިކޯޓަކުން އަމުރުކޮށްފި
 
ކޯޓަށް ހާޒިރުވުމަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައިނުވޭ
 
ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ
 
ކަފާލާތުގެ ދަށުން ދޫނުކުރެވޭ ގޮތަށް ހައްޔަރު ކުރުމަށް އަމުރުގައިވޭ

ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ހައްޔަރުކުރުމަށް އިސްލާމްއާބާދުގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ނަވާޒް ޝަރީފް ހައްޔަރުކުރަން ނެރުނު އަމުރުގައި ވަނީ ކަފާލާތުގެ ދަށުން ދޫނުކުރެވޭ ގޮތަށް ހައްޔަރު ކުރުމަށެވެ.

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ނަވާޒް ޝަރީފްގެ މައްޗަށް 2018 ވަނަ އަހަރު ވެސް ވަނީ ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ސިއްހީ ހާލަތު ގޯސްވެ ނަވާޒް ޝަރީފު ގެއަށް ބަދަލު ކުރިއެވެ. އަދި ނަވާޒް ޝަރީފް އިނގިރޭސިވިލާތަށް ދިޔައީ 2019 ވަނަ އަހަރު ނޮވެންބަރު މަހު ބޭސްފަރުވާއަށް ގައުމުން ބޭރަށް ދިއުމަށް ކޯޓުން ހުއްދަ ދިނުމާ ގުޅިގެންނެވެ.

އަލްއަޒީޒިއާގެ ކޮރަޕްޝަންގެ މައްސަލާގައި ނަވާޒް ޝަރީފުގެ ބައިވެރިވުން އޮތް ކަމަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. ނަމަވެސް މި މައްސަލާގައި ޖަވާބުދާރީވުމަށް ކޯޓަށް އަންނަން އެންގުމުން ކޯޓަށް ހާޒިރުނުވެ ނަވާޒު ޝަރީފް ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ.

އެގައުމުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފައިވަނީ ނަވާޒް ޝަރީފް ހައްޔަރު ކުރުމަށް ނެރުނު އަމުރު ފޮރިން އޮފީސް ސެކިއުރިޓީއަށް ސެޕްޓެންބަރު 17 ގައި އިސްލާމްއާބާދް ހައިކޯޓު ރެޖިސްޓްރާ ފޮރުވާ ފައިވާ ކަމަށެވެ. އަދި މިއަމުރު އިނގިރޭސިވިލާތުގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއަށް ވެސް ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންޑަންގައި ހުންނަ ޕާކިސްތާންގެ މިޝަންއިން ވަނީ އިނގިރޭސިވިލާތުގެ ފޮރިން އޮފީހަށް މި އަމުރު ތަންފީޒު ކޮށްދިނުމަށް އެދި ލިއުމުން އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް