ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 13:10
ވެސްޓް ޕާކް ސަރަހައްދުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނިޔާވި މ. ބޮއެލިންގ ޕިޝް 24 އަހަރުގެ ޝައްފާން ރަޝީދު އޭނާގެ އަންހެނުންނާއެކު- އޭނާގެ ކައިވެންޏަށް އަދި ވެފައިވަނީ 16 ދުވަސް
ވެސްޓް ޕާކް ސަރަހައްދުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނިޔާވި މ. ބޮއެލިންގ ޕިޝް 24 އަހަރުގެ ޝައްފާން ރަޝީދު އޭނާގެ އަންހެނުންނާއެކު- އޭނާގެ ކައިވެންޏަށް އަދި ވެފައިވަނީ 16 ދުވަސް
އިންސްޓަގްރާމް
އެމްއޭސީއެލްގެ ފަޔަރ ފައިޓަރެއް ނިޔާވުން
ޝައްފާންއަކީ މަސައްކަތަށް ނުހަނު ފަރުވާތެރި ފަޔަރ ފައިޓަރ އެއް: އެމްއޭސީއެލް
 
އޭނާ ސްނޯރކްލިންގ އަށް ދިޔައީ ހޯމަ ދުވަހު 11:00 ހާއިރު
 
ޙަވާލުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރޭ
 
ހަށިގަނޑު ފެނިފައިވަނީ ވެސްޓް ޕާކް ސަރަހައްދުގެ މޫދު އަޑިން

ވެސްޓް ޕާކް ސަރަހައްދުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނިޔާވި މ. ބޮއިލިންގ ޕިޝް 24 އަހަރުގެ ޝައްފާން ރަޝީދަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރުވާތެރި މުވައްޒަފެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލްގެ ފަޔަރ ފައިޓަރެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ޝައްފާނުގެ ހަށިގަނޑު ފެނިފައިވަނީ ވެސްޓް ޕާކް ސަރަހައްދުގެ މޫދު އަޑިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ވަނީ ޝައްފާނުގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެމްއޭސީއެލްއިން ބުނީ، ޝައްފާނަކީ ވަޒީފާއަށް ނުހަނު ފަރުވާތެރި، އަދި ޙަވާލުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރި ފަޔަރ ފައިޓަރެއް ކަމަށެވެ.

އޭގެ އިތުރުން، އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ޑިވިޜަނުންވެސް ވަނީ ޝައްފާނުގެ މަސައްކަތް ފާހަގަކޮށް، އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

އޭނާގެ މަރާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، ވެސްޓް ޕާކް ސަރަހައްދަށް ހޯމަ ދުވަހު 11:00 ހާއިރު ސްނޯކްލިންއަށް އޭނާ ދިޔައީ އެކަނި ކަމަށާއި، އޭނާގެ ޚަބަރެއް ނުވަގެން އޭނާ ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓްގަރޑް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތް ކުރަމުން ގެންދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެ ސަރަހައްދުގެ މޫދުގެ އަޑިން ކަމަށެވެ. އަދި ހަށިގަނޑު ފެނުމާއެކު އައިޖީއެމްއެޗަށް ގެންދިޔަކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ޝައްފާން ނިޔާވެފައިވާއިރު، އޭނާ ކައިވެނި ކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާގެ ކުއްލި ވަކިވުމާއެކު، އާއިލާ ވެސް އޮތީ ފުން ހިތާމައެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
0%
91%
0%
0%
5%
ކޮމެންޓް