ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 15:15
ޝިޕިންގ ކޯރޕް އޮފް އިންޑިއާއިން އޮޕަރޭޓް ކުރާ ކާގޯ ބޯޓެއް؛  މިއަދު ރާއްޖެ އައުމަށް ފުރި ބޯޓަކީ \"އެމްސީޕީ ލިންޒް 47\" ނަމަކަށްކިޔާ ބޯޓެއް
ޝިޕިންގ ކޯރޕް އޮފް އިންޑިއާއިން އޮޕަރޭޓް ކުރާ ކާގޯ ބޯޓެއް؛ މިއަދު ރާއްޖެ އައުމަށް ފުރި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށްކިޔާ ބޯޓެއް
އިންޑިއާ އެމްބަސީ
އިންޑިއާ ރާއްޖެ ކާގޯ ފެރީ ފެށުން
އިންޑިއާއިން ރާއްޖެ އަންނަ ފުރަތަމަ ކާގޯ ފެރީގެ ދަތުރު ފަށައިފި
 
ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކުރުމަށްފަހު މާލެއަށް ބަނދަރު ކުރުމަށް ވަނީ ހަމަޖެހިފައި
 
ފެރީގެ ޚިދުމަތް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި ރާއްޖެ އައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ފުރައިފިއެވެ.

ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރާނީ ކުޅުދުއްފުއްޓަށެވެ. އަދި ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު އެފެރީ މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި ފެރީގެ ޚިދުމަތް ފަށްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އާއި އިންޑިޔާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ މަންސުޚް މަންޑާވިއާއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހސަންޖޭ ސުދީރުގެ އިތުރުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އާއި ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފަރީގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ފެރީގެ ޚިދުމަތް ފެއްޓެވުމަށް ނިންމަވާފައެވެ. އަދި އެކަން ހޯމަ ދުވަހު ރަސްމީކޮށް ފެށިގެން ދާއިރު، ކުޅުދުފުށީ ބަނދަރަށް ކާގޯ ފެރީ އަންނަ ކަމީ އުތުރުގެ ރަށްތަކުގެ ތަރައްގީއަށާއި އަދި ޖުމްލަކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގައުމުގެ އިގްތިސޯދު ހަރުދަނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯފެރީއަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއްކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށެވެ. އެގޮތުން މިއަދު ރާއްޖެ އައުމަށް ފުރި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށްކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރ ބަންދު ކުރެވިފައިވީ ނަމަވެސް މި މިއަދު އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު ފެރީގެ ހިދުމަތް ފެށިގެންދިއުމުން ދެ ގައުމުގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ނުހަނު ބޮޑަށް ކުރާނެ ކަމެއްކަމުގައި މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބުނީ ދަތުރުތައް ފަށާއިރު މަހަކު ދެ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ. ކާގޯ ފެރީގެ ދެވަނަ ދަތުރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހަށެވެ. ދެވަނަ ދަތުރުގައި "އެމްސީޕީ ލިންޒް 48" އުޅަނދު ރާއްޖެ އަންނާނީ އޮކްޓޯބަރ މަހުގެ ވަނަ ދުވަހުއެވެ. މިވަގުތަށް ނިންމާފައި ވަނީ ހަމައެކަނި ކާގޯ ފެރީ އޮޕަރޭޓް ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
25%
25%
0%
ކޮމެންޓް