ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 14:59
ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލްގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ
ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލްގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ
ގެޓީ އިމޭޖަސް
ކޫލިބަލީ ހޯދުމަށް ކުރާ މަސައްކަތް
ކޫލިބަލީ ނާޕޮލީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް
 
ސިޓީއަށް ބަދަލުވާން ކޫލިބަލީ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނޭ
 
ކޫލިބަލީ ހޯދުމަށް ސިޓީ އާއި ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުން

ސެނެގާލްގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ މި ޓްރާންސްފާ ބާޒާރުގައި ނާޕޮލީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ޖެނާރޫ ގަޓޫސޯ ދީފިއެވެ.

ކޫލިބަލީ އަކީ ނާޕޮލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އެއާއެކު މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުންވެސް ފާރަލި އުމުރުން 29 އަހަރުގެ ކޫލިބަލީ ހޯދުމަށް މެންޗެސްޓާ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕީއެސްޖީންވެސް ކޫލިބަލީއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނާޕޮލީއާއެކު ސިޓީން ކޫލިބަލީ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދި މިހާތަނަށް އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ. އެކަމަކު ނާޕޮލީ ދޫކޮށް ސިޓީއަށް ބަދަލުވާން ކޫލިބަލީ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން "ސްކައި ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ގަޓޫސޯ ބުނީ ކޫލިބަލީ އަކީ މި ވަގުތު ފާހަގަކޮށްލެވޭ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެއް ޑިފެންޑަރުކަމާ މެދު ޝައްކެތްވެސް ނެތް ކަމަށާއި، އޭނާ ކުލަބު ދޫކޮށްލާނަމަ އެއީ އެ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. އެކަމަކު ކުލަބެއް ހިނގާނީ ފަންޑު އިތުރުކޮށްގެން ކަމަށާއި، އެހެންކަމުން މި ވަގުތު ކޫލިބަލީއާ މެދު ގޮތެއް ނިންމާނީ ޓީމަށް އެންމެ ފައިދާވާ ގޮތަކަށް ބެލުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.

ގެންކް ދޫކޮށް 2014 ވަނަ އަހަރު 6.5 މިލިޔަން ޕައުންޑަށް ނާޕޮލީއާ ގުޅުނު ކޫލިބަލީ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކޫލިބަލީ ވަނީ ނާޕޮލީއަށް ކުޅެދިން 246 މެޗުގައި 10 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ނާޕޮލީއާއެކު އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ކޫލިބަލީ ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި 42 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް