ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 14:22
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގެއަށް ގެންދެވި ކަމަށްބުނާ \"މޮރޮކަން ރަގް\" ފޮރިން މިނިސްޓްރީގައި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގެއަށް ގެންދެވި ކަމަށްބުނާ "މޮރޮކަން ރަގް" ފޮރިން މިނިސްޓްރީގައި
ޓްވިޓަރ
އަބްދުﷲ ޝާހިދުގެ ކާޕެޓް މައްސަލަ
އަބްދުﷲ ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވުނު ކާޕެޓް، އެންމެފަހުން ބިލާހަކަށް، ހަގީގަތެއްނެތް ހޮޅި ވާހަކައަކަށް!
 
އޭސީސީން ބުނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް
 
އޭސީސީގެ ތަހުގީގުން ނިންމާފައިވަނީ، ފޮރިން މިނިސްޓްރީގެ އިންވެންޓްރީގައި އެ ރަގް ހިމަނައި، ސްޓޮކް ރޫމްގައި އެބަ އޮތްކަމަށް
 
"މޮރޮކަން ރަގެއް" މިނިސްޓަރ ޝާހިދަށް އަރުވާފައިވާކަމަށާއި، އެ ރަގް ގެއަށް ގެންދަވާފައިވާ ކަމުގެ އަޑުތައް ފެތުރުނު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ލިބިވަޑައިގެންނެވި ކާޕެޓެއް ގެޔަށް ގެންދެވިކަމަށް ބުނެ، އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައަކީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިމައްސަލަ ބަލާ ތަހުގީގުކުރުމަށްފަހު ނެރެފައިވާ ރިޕޯޓުންނެވެ. އޭސީސީއަށް ހުށަހަޅާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތުރުކީއަށް ކުރެއްވި ދަތުރުފުޅެއްގައި، ތުރުކީގެ ބޮޑުވަޒީރާއި ކުރެއްވި ބައްދަލުކުރެއްވުމަށްފަހު، "މޮރޮކަން ރަގެއް" މިނިސްޓަރ ޝާހިދަށް އަރުވާފައިވާކަމަށާއި، އެ ރަގް ގެއަށް ގެންދަވާފައިވާކަމަށެވެ.

އެހެންނަމަވެސް، މިނިސްޓަރ ޝާހިދު، މިނިސްޓަރކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތުރުކީއަށް ރަސްމީ ނުވަތަ އަމިއްލަފުޅު ދަތުރުފުޅެއް ވެސް ކުރައްވާފައެއް ނުވެއެވެ. އަދި އެހެން ގައުމެއްގައި ވެސް ތުރުކީގެ ބޮޑުވަޒީރާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާފައެއް ނުވެއެވެ.

އޭސީސީއަށް ހުށަހެޅި މައްސަލައިގައި މިނިސްޓަރ ޝާހިދު ވަޑައިނުގަންނަވާ ގައުމަކުން، ބައްދަލުނުކުރައްވާ ބޭފުޅެއްގެ ފަރާތްޕުޅުން ރަގެއް ލިބިވަޑައިގެންނެވިކަމަށް ބަޔާންކޮށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި އޮތްކަމުގައި ވިޔަސް، އޭސީސީއިން ވަނީ މި މައްސަލަ ބެލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއަށް ވަދެ، ބަލާ ފާސްކޮށްފައެވެ. އަދި އޭސީސީއިން ކުރި ތަހުގީގުން، މިނިސްޓަރ ޝާހިދު އެހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރަގެއް ލިބިވަޑައިގެންފައިވަނީ މޮރޮކޯއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށާއި، އެލިބިވަޑައިގެންފައިވަނީ މޮރޮކޯގެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމަށްފަހުކަމަށެވެ.

އެ ބައްދަލުވުމަށްފަހު މޮރޮކޯގެ ޕްރޮޓޮކޯލް އޮފިސަރުން މިނިސްޓަރ ޝާހިދުގެ އަރިހުގައި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އެ ރަގް ހަވާލުކުރެއްވި ކަމަށާއި، 19 ނޮވެމްބަރު 2019 ވަނަ ދުވަހު ހެނދުނު ރާއްޖޭގެ ވަފުދު މާލެ އައިސް، 8:45 އާއި 9:15 އާއި ދެމެދު އެއަރޕޯޓްއިން އެރަގް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަށް ގެނެސް މާލިއްޔަތު ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިންވެންޓްރީގައި ހިމަނައި، ސްޓޮކް ރޫމްގައި އެބަ އޮތްކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި މިނިސްޓްރީގެ ސީސީޓީވީ ފުޓޭޖް ބެލުމުން އެ ރަގް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ގެނެސް، މިނިސްޓްރީއަށް ވެއްދިފަހުން މިނިސްޓްރީން ބޭރަށް ރަގް ގެންގޮސްފައި ނުވާކަން ވަނީ ހާމަވެފައެވެ.

ކޮމިޝަންގެ މެމްބަރު އައިޝަތު އަބްދުﷲ ސޮއިކުރައްވައި، "މައްސަލަ ނިންމި ގޮތް އެންގުމަށް ނެރުއްވާފައިވާ ބަޔާނުގައި ވަނީ، މި މައްސަލައަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައި ވާފަދައިން، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މައްސަލަ ނިންމި ކަމަށެވެ. އެހެންކަމުން، މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވުނު ކާޕެޓް، އެންމެފަހުން ބިލާހަކަށް، ހަގީގަތެއްނެތް "ހޮޅި" ވާހަކައަކަށްވެ، މިވަނީ ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
15%
69%
0%
0%
0%
15%
ކޮމެންޓް
22 ސެޕްޓެންބަރ 2020 | އަންގާރަ 01:10
ބޭބެ
ތާހިރުވާންނޫޅޭ ފުރަތަމަވެސް ބުނަމުން ދިޔައީ ތުރުކީގެ ވާހަކައެއްނޫން ތީ ހަމަރޭވުމަކުން، ހިންގާބޮޑު ޖަރީމާއެއް، ރައްޔިތުން އިތުބާރުކުރާ އޭ.ސީ.ސީ އެއް މިހާރަކުނެތް ތިއުޅެނީ ހުށަހެޅިޝަކުވާ އޮޅުވާލާ،އެއީ ނުހިނގާ ކަމެއކަމަށް ހަދައިގެން އެއްވެސް،ބަޔަކު މޮރަކަން ރަގެއްގެ ވާހަކަ ނުދައްކާ އަތުރހކީގެ ވާހަކއެއްވސސް ނުދައްކާ،ދައްކަމުން ދަނީ މޮރޮކޯއިން ހަދިޔާކުރި ދޫލައެއްގެ ވާހަކަ ރަން އީޓް މަތީ ހިނގުވަން ކިތަންމެ ވަރަކަށް އުޅުނަސް އެއިގެ އަސްލަކަށް ބަދަލެއް ނާންނާނެ އެޗާނީ ހަމަ އެއަށް