ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 14:15
އިންޑިއާއިން ރާއްޖޭ ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ އެހީ އާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ވާހަކަ ދައްކަވަނީ
އިންޑިއާއިން ރާއްޖޭ ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ އެހީ އާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ވާހަކަ ދައްކަވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ ޝާހިދު
މިނިސްޓަރ ޝާހިދު އިއްޔެގެ އިވެންޓްގައި ބައިވެރިވެވަޑައިގަތީ އެޗްޕީއޭގެ ހުއްދައާއެކު: ފޮރިން މިނިސްޓްރީ
 
ބައްދަލުވުން ތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް ވިދާޅުވި
 
ދަތުރުފުޅަކަށްފަހު މިނިސްޓަރ ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށް ވިދާޅުވި

އިންޑިއާއިން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަތީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއް ހޯއްދަވައިގެންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ޝާހިދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މިނިސްޓްރީން ބުނެފައިވަނީ, ބޭރަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅަކަށްފަހު މިނިސްޓަރ ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށެވެ. އަދި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އެޗްޕީއޭ އިން ޚާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ.

އޭގެ އިތުރުން، މި ހަފްތާއާއި އަންނަ ހަފްތާގައިވެސް މުހިއްމު ބައެއް ބައްދަލުވުންތައް އޮތުމުން، އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
0%
0%
67%
0%
0%
ކޮމެންޓް